
ހަވަރު ޔޫތް ކަޕް 2020- ފައިނަލުގައި ކުޅޭ ދެޓީމުގައިވެސް ހުވަދޫގެ ނަން މަޝްހޫރު ކުޅުންތެރިން
# 2020 ހަވަރު ޔޫތްކަޕް137510607_162055865710178_2359576045667156040_o
ހަވަރު ޔޫތްކަޕްގައި ފައިނަލްގައި މިއަދު ހަވީރު ކުޅޭ ދެޓީމުގައި ވެސް ފެނިގެން ދާނީ ހުވަދޫ ފުޓްބޯޅައިގައި މަޝްހޫރު ގިނަ ކުޅުންތެރިންނެވެ.

ކާޑެއްދޫ އެފްސީ އަދި އެފްސީ ނޯޗޮއިސް އަކީ ގދ އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ވަރުގަދަ ދެޓީމެވެ. ކުޅުނު ދެ ގުރޫޕުންވެސް ޗެންޕިއަން ޓީމު ގޮތުގައި ސެމީ އަށް ދަތުރުކޮށް ފައިނަލުން ޖާގަ ކަށަވަރުކުރި މިދެޓީމަކީވެސް މުބާރާތުގައި ކުޅުންތެރިންގެ ނިސްބަތުން އެންމެ ވަރުގަދަ ދެޓީމެވެ.
ނޯ ޗޮއިސް ޓީމުން ފެންނާނީ އަތޮޅު ތެރޭގައި ބޭއްވޭ އެކި މުބާރާތްތަކުގައި ގދ ތިނަދޫ ތަމްސީލުކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދާއިފައިވާ އެރަށަށް އުފަން ނަން މަޝްހޫރު ކުޅުންތެރިންނެވެ. މިސާލަކަށް ދަންނަވާނަމަ ޒައިދް، އަޒްހަރް ( ކައިންޑޭ) ، ނަވާޒް ފަދަ ކުޅުންތެރިންނަކީ މީގެ ކުރިން ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި އެކި ޓީމުތަކަށް ކުޅެ މޮޅު ކުޅުންތެރިންކަން ހާއްސަކޮށް ތި ނަދޫ އަށް ސާބިތުކޮށްދީފައިވާ ކުޅުންތެރިންނެވެ.
މިޓީމް ފައިނަލާާއި ހިސާބަށް ދަތުރުކުރުމުގައި މުޅި ޓީމާއި އެއްވަރށް މި ކުޅުންތެރިންގެ ގެ ރޯލުވެސް އެހާމެ ބޮޑެވެ . ގްރޫޕް ބީ ގެ އެއްވަނަ ޓީމު ގޮތުގައި ސެމީ ދަތުރުކޮށް ވަރުގަދަ ފީނިކްސް ސިއްސުވާލި ނޯޗޮއިސް ޓީމުގައި އެއް ކުޅުންތެރިޔެއް ފިޔަވާ ދެންތިބި ކުޅުންތެރިން ބިނާވެފައި ވަނީ ތިނަދޫ ކުޅުންތެރިންގެ މައްޗަށެވެ.
ދެން އޮތީ ގްރޫޕް އެއްވަނަ ޓީމު ގޮތުގައި ސެމީ ފައިނަލް ކުޅެ ހޯނޑެެއްދޫ ޓީމް ބަލިކުރި ވަރުގަދަ ކާނޑެއްދޫ އެފްސީ ޓީމުގެ ވާހަކައެވެ. ނޯޗޮއިސް ޓީމާއި ޙިލާފަާށް މިޓީމް ބިނާވެފައިވަނީ ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތްކުރާ އަވަށްޓެރި މަޑަވެލި އަދި ހޯނޑެއްދޫ ކުޅުންތެރިން ގެ މައްޗަށެވެ. ނަމަވެސް ތިނަދޫ ގެ ކުޅުންތެރިންވެސް މިޓީމުގައި ހިމެނެއެވެ. މި މުބާރާތުގައި ކާޑެއްދޫ އެފްސީ ގެ މޮޅު ކުޅުންތެރިންނޭ ބުނުމުން އެންމެ ފުރަތަމަ ހިތަށް ގެނެވޭނީ އެޓީމުގެ ތަރި އާދަމް ލަރީފް (ރޮނާ) ގެ ވާހަކައެވެ.
ލަރީފް ވަނީ މިމުބާރާތުގައި ކާޑެއްދޫ އެފްސީއާއި ދެކޮޅަށް ކުޅޭ ކޮންމެ ޓީމެއްގެ ކޮޅަށް މަދުވެގެން އެއް ގޯލު ކާމިޔާބުކޮށް މުޅި މުބާރާތުގައި ޖުމްލަ 10 ގޯލު ކާމިޔާބުކޮށްދީފައިވާ ހޯންޑެއްދޫ އަށް އުފަން އެ ރަށުގެ ރައްޔިތުން ފަހުރުވެރިވާ ވަރުގެ ކުޅުންތެރިޔެކެވެ.