ގއ ދެއްވަދޫ ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑަކަސް ގޮޮސްފައިވާ އިރު ނޮވެންބަރު 30 ގެ ފަހުން ދެއްވަދޫއަށް ދިޔަ މީހުން އަންގަން އެޗްޕީއޭއިން އެދެފިއެވެ.
ލްތް ޕްރޮޓެކްޝަން އެޖެންސީން ދެންމެ ބުނީ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް 30 ނޮވެމްބަރ 2020 އަށް ފަހު ގއ. ދެއްވަދޫއިން ގޮސްފައިވާ މީހަކު ހުރިނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށެވެ. އަދި ސާމްޕަލް ނަގައި ނެގެޓިވް ނަތީޖާ ލިބެންދެން ގޭގައި ކަރަންޓީނުވެ ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައިއެވެ.
ދެއްވަދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 10 މީހަކު އެބަތިއްބެވެ. އެ ރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް ރަށައް ބަލި ފެތުރެން ދިމާވީ އެމީހާ ހޯމް ކަރަންޓީންގެ މުއްދަތަށްފަހު ސާމްޕަލް ނަގާ ނަތީޖާ ލިބުމުގެ ކުރިން ގޯސް މައުލޫމާތެއް ފޯރުކޮށްދެވި ކަރަންޓީނުން ވީއްލުމުގެ ސަބަބުން ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވިއެވެ.
އޭގެ ފަހުން ހަތަރު މަހުގެ ކުޑަކުއްޖަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އެކުއްޖާއާ ޑައިރެކްޓްކޮންޓެކްވި އިތުރު މީހަކު މި މަހުގެ ހަވަނަ ދުވަހު ޕޮޒިޓިވްވިއެވެ. އެ ފަހުން އިތުރު ހަ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެރަށްވެސް އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ.