ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކުއްޖާ ނިޔާވެއްޖެ އެވެ.
އެކުއްޖާ ފެނުނު އިރު އޮތީ މޫދު އަޑީގައެވެ. އަދި ސަލާމަތްކޮށްގެން ނެގި އިރު ވިންދުވެސް ހުއްޓެވެ.
ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 17 އަހަރުގެ ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހަވީރު 4:50 ހާއިރު އެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިފައި ވަނީ އެ ސަރަހައްދު މޫދު އަޑިން މިއަދު 5:50 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެކުއްޖާ އަކީ ފުވައްމުލަކު ސްކޫލުގެ ގްރޭޑް 10 ގައި ތައުލީމް ހާސިލްކުރަމުންދިޔަ، ދޫނިގަން، ޔޫރޯ، އުމުރުން 17 އަހަރުގެ އަޙްމަދު ފައުޒަން އެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!