ތިނަދޫ ފެން ޕްލާންޓް ކައިރީގައި ހުރި ތެޔޮ ޓޭންކް ތަކެއްގައި ރޯވެއްޖެ

ގދ.ތިނަދޫ ފެން ޕްލާންޓް ކައިރީގައި ހުރި ކުރިން ބޭނުންކުރި ތެޔޮ ޓޭންކް ތަކެއްގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާން ރޯވެފައިވަނީ ތިނަދޫ އިންޖީނު ގޭގައި ކުރިން ބޭނުންކުރި ތެޔޮ ޓޭންކެއްގައި ކަމަށް މައުލޫމާތުލިބެއެވެ. އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފްގެ ތިނަދޫ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ އަލިފާން ގަނޑު ނިންވާލައިފައެެވެ.

މިހާދިސާ ހިނގަން މެދުވެރިވެފައިވަނީ މި ޓޭންކު ކަފާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. މި މަސައްކަތް ކުރަމުން ގެންދިޔައީ އެމްޓީސީސީގެ ފަރާތުން ކަމަށްވެއެވެ.

މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވެއެވެ. އަދި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދުގެ ހަވީރު 17:40 ހާއިރު އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް