logoEN
ކޮކާކޯލާ
ގެ ކުއްޔަށް ދިނުމަށްފަހު ގޭގެ ވެރިފަރާތް ދިރިއުޅެނީ އެ ގޭގައި ޓެންޓު ޖަހައިގެން

ގެ ކުއްޔަށް ދިނުމަށްފަހު ގޭގެ ވެރިފަރާތް ދިރިއުޅެނީ އެ ގޭގައި ޓެންޓު ޖަހައިގެން

tent

މިއީ މުޅިން ތަފާތު ވާހަކައެކެވެ. އަމިއްލަ ގެ ކުއްޔަށް ދިނުމަށްފަހު ގޭގެ ވެރިމީހާ ދިރިއުޅެން މި ނިންމީ އެގޭގެ ބިތްދޮށުގައި ޓެންޓު ޖަހައިގެންނެވެ.

އަބުޅޯ

މިއާއެކު އެ ގޭގައި ކުއްޔަށް ދިރިއުޅޭ އޮސްޓްރޭލިޔާގެ އާއިލާއިން މިވަނީ ކުރާނެ ކަމެއް ނޭނގިގެން އެހީތެރިކަމަށް އެދިފައެވެ.

ގޭގެ ވެރިފަރާތް އެ ގޭގައި ޓެންޓު ޖެހުމުގެ ކުރިން އޭނާ ވަނީ އެގޭގައި ދިރިއުޅޭ އާއިލާއަށް ސިޓީ އެއް ފޮނުވާފައެވެ. އެ ސިޓީގައި އޭނާ އަކީ އެ ގޭގެ ވެރި ފަރާތް ކަމަށާއި މިރޭ އެގޭގެ ހުސްކޮށް އޮތް ބަޔަށް ވެރިވެގަންނާނެކަމަށް ލިޔެފައިވެއެވެ. ދެން ފެނުނީ އެ ގޭގެ ވެރިޔާ ހުބަރޓް އަދި އޭނާގެ ބައިވެރިޔާ އެ ގޭގެ ބިތްދޮށުގައި ޓެންޓު ޖަހައިގެން ތިއްބާއެވެ.

އެ ގޭގައި ކުއްޔަށް ދިރިއުޅޭ ދެމަފިރިން ކަމަށްވާ ނިކީ އަދި ވިލިއަމް ބުނީ ޕޮލިހުންނަށްވެސް ހަދާނެ ގޮތެއް ނޭނގުނު ކަމަށެވެ. އަދި އޭނާގެ ދަރިންވެސް ތިބެނީ ޓެންޓު ޖަހައިގެން ބަޔަކު އުޅޭތީ އެކަމާ ބިރުން ކަމަށާއި އެކުދިން އެއީ ކޮން ބައެއްތޯ ކިތަންމެވަރަކަށް ސުވާލުކުރިއަސް އެއީ ކޮންބައެއްތޯ ނުބުނާ ކަމަށެވެ.

ނަމަވެސް ގޭގެ ވެރިޔާ ހުބަރޓް ބުނީ އޭނާއަށް އޭނާގެ ގޭގައި ދިރިއުޅުމުގެ ހައްޤު އޮންނާނެ ކަމަށާއި، ގެ ކުއްޔަށް ހިފި ފަރާތާއެކު ކޮންޓްރެކްޓު ހެދިއިރު އެ ކޮންޓްރެކްޓުގައި ގޭގެ ބިތްދޮށް ދޭން ހިމަނާފައި ނުވާނެކަމަށެވެ.

ވަކި ގޮތެއް ނުނިންމިގެން އުޅޭ މި މައްސަލައިގައި ދެން އޮތީ ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލެއް ހޯދުމެވެ. އެހެންނޫންނަމަ ދެން އޮތް ގޮތަކީ ކޯޓަށް ގޮސްގެން މި މައްސަލަ ހައްލުކުރުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ