logoEN
Sto top
އެމެރިކާގެ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވާނެކަމަށް ޓްރަންޕް ބުނެފި

އެމެރިކާގެ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވާނެކަމަށް ޓްރަންޕް ބުނެފި

I6CJSKNXRRTJGS7FEMOFS7LY7Q

އެމެރިކާގެ ރައީސްކަމަށް އިންތިހާބު ވި ޖޯ ބައިޑެން ރައީސް ކަމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރި ނުވާނެ ކަމަށް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބައިޑެންއާ ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ޑޮނަލްޑް ޓްރަންޕް ބުނެފިއެވެ.

Wamco

އޭނާގެ އޮފިޝަލް ޓްވިޓާ އެކައުންޓުގައި ކޮށްފައިވާ ޓުވިޓެއްގައި ވަނީ ޖެނުއަރީ 20 ވަނަ ދުވަހު އޮންނަ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވާނެކަމަށެވެ.

https://twitter.com/realDonaldTrump/status/1347569870578266115

މި ހަފްލާގައި ޓްރަންޕް ބައިވެރި ނުވެއްޖެނަމަ އޭނާ ވާނީ މުޅި އެމެރިކާގެ ތާރީހުގައިވެސް ރައީސުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވާ ހަތަރުވަނަ ރައީސަށެވެ. އަދި އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ބައިޑެން ހުވާ ކުރައްވާ ރަސްމިއްޔާތުގައި ޓްރަންޕް ބައިވެރި ނުވެއްޖެނަމަ ފާއިތުވެދިޔަ 152 އަހަރު ތެރޭގައި ވެރިކަމުގައި ހުރެ، ހުވާކުރުމުގެ ރަސްމިއްޔާތަށް ނުދާ ހަމަ އެކަނި ރައީސަށް އޭނާ ވާނެއެވެ.

ޓްރަންޕް ފާހަގަ ކުރެވިފައިވަނީ އިންތިހާބުން ބަލިވުމުންވެސް ބަލި ޤަބޫލު ނުކުރި ރައީސެއްގެ ގޮތުގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside