logoEN
cocacola
ރައުހަތް ސްޕޯޓްސްގެ ނައިބު ރައީސުންނަށް އިނާޔާ އަދި ޝަރޫނާ

ރައުހަތް ސްޕޯޓްސްގެ ނައިބު ރައީސުންނަށް އިނާޔާ އަދި ޝަރޫނާ

އަޙްމަދު ޖަމީލު

logo

1/8/2021, 10:13:35 PM

3442075D-C912-4841-8FB8-95D3513181D8

ރައުހަތް ސްޕޯޓްސް ކްލަބްގެ އަހަރީ އާންމު ޖަލްސާ ބާއްވައި އެކްލަބްގެ އާ އެކްސްކޯ އިންތިހާބުކޮށްފި އެވެ.

ގޮސިޔާ

މިރޭ ގދ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ޖަލްސާގައި ވަނީ ކުރިޔަށް އޮތް ހަތަރު އަހަރަށް ކްލަބްެގެ އެކްސްކޯ އިންތިހާބު ކުރުމަށްވޯޓުލުން ކުރިޔަށް ގެންގޮސްފައި އެވެ. މި ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ އެތްލެޓިކްސްއަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވިފަރާތެއް ކަމުގައިވާ އަހުމަދު ސަދޫގް އެވެ. ގިނަ ބަޔަކު ދަންނަ ނަމުން ނަމަ. ސަދޫގް ސާރ އަކީ ރައުހަތް ސްޕޯޓްސް ކްލަބްގެ އޮނަރަރީ ރައީސްއެވެ.

މި އިންތިހާބުގައި ކްލަބްގެ ރައީސް އަކަށް އިންތިހާބު ކޮށްފައިވަނީ ހުސެއިން ރައުހަތު ގުދުރަތުالله އެވެ. އަދި ނައިބް ރައީސުންނަށް ހޮވިފައިވަނީ އިނާޔާ ފާރޫޤްއަދި މަރިޔަމް ޝަރޫނާ އާދިލް އެވެ. ހަޒާންދާރަކަށް އިންތިހާބު ކޮށްފައިވަނީ ހަސަން ފައިހަތު ގުދުރަތުالله އެވެ.

އާންމު މެންބަރުންގެ ތެރެއިން އެކްސްކޯއަށް 7 މެމްބަރަކު ވަނީ އިންތިހާބު ކޮށްފައެވެ.

އާންމު މެމްބަރުންގެ ތެރެއިން އެކްސްކޯއަށް އިންތިހާބުވި ފަރާތްތަށް :

އަލީ ވިފާގް ހަސަން

އިބްރާހިމް ފާރިޝް

އަހުމަަދު އަލީ

ޝައިސްތާ އަލީ

އަޒަހަމް ވަހީދު

އަބްދުالله އަމީރު

ރިފްއަތު ރަޝީދު

ރައުހަތް ސްޕޯޓްސް ކްލަބަކީ ރާއްޖޭގެ އެތްލެޓިކްސްގައި ނަން މަޝްހޫރު އަދި ކާމިޔާބު ކްލަބެކެވެ. އަދި ހުވަދު އަތޮޅުގައި ފުޅާ ދާއިރާއެއްގައި އެތްލެޓިކްސްދާއިރާއިން ދަރިވަރުން ތަމްރީން ކުރަމުން އަންނަ ކްލަބެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ