logoEN
ޕީއެންސީ 2
ރާއްޖޭގެ 37 ވިޔަފާރިއެއް އުވާލައިފި

ރާއްޖޭގެ 37 ވިޔަފާރިއެއް އުވާލައިފި

F4EB99D3-D6D4-4A22-BC6E-4671CE8C9DCF

ރާއްޖޭގައި ރަޖސްޓްރީކޮށްގެން ހިންގާ 37 ވިޔަފާރިއެއް އިކޮނޮމިކް މިނިސްޓްރީއިން އުވާލައިފިއެވެ. މިގެ ތެރޭގައި ރާއްޖޭގައި މިވަގުތުގައިވެސް ވިޔަފާރިކުރަމުންދާ ނަން މަޝްހޫރު ވިޔަފާރިތަށް ހިމެނެއެވެ.

ޝަރީ 2024

ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ލިބިދޭ ބާރުގެ ދަށުން ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން އުވާލެވުނު ވިޔަފާރިތަކުގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މޯބައިލްފޯން އަދި އެއާގުޅޭ އެހެނިހެން ސާމާނު ވިއްކާ "ސެލް ޒޯން" އަދި ރާއްޖޭގައި ޑެންޓަލް މަސައްކަތްކޮށްދޭ "ސްމައިލް ޑެންޓަލް ކެއަރ" ވެސް ހިމެނެއެވެ.

އުވާލެވުނު 37 ކުންފުންޏަކީވެސް 2014 ވަނަ އަހަރުން 2019 ގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގެމުންދާ ވިޔަފާރިތަކެވެ. އެގޮތުން މިފަދަ ކުންފުނިތަކާއި ނުވަތަ ވިޔަފާރިތަށް އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސް އިން ނިންމާނީ ގިނަ ކަންތައްތަކަށް ބެލުމަށްފަހުއެވެ. އެގޮތުން އެކުންފުންޏެއްގެ އަހަރީ ފީ ނުދެއްކުމާއި، އިކޮނޮމިކް މިނިސްޓްރީ އިން ދީފައިވާ އެކި ކަހަލަ ގައިޑްލައިންސްތަކަށް އަމަލުނުކުރުންވެސް ހިމެނެއެވެ. ދިވެހިރާއްޖޭގައި މިވަގުތުގައިވެސް 14،000 އަށްވުރެ ގިނަ ކުންފިނަތަށް ރަޖިސްޓްރީކޮށްގެން ހިންގަމުންދާއިރު، މީގެން 7،000 ކުންޏަކީ އުވާލަންޖެހޭ ކުންފުނިތަކެވެ.

ކޮވިޑް 19 އާއި ގުޅިގެން ދިވެހި ރާއްޖޭގެވެސް އެތަކެއް ކުންފުނުތަކެއް ބަނގުރޫޓުވެ ހުއްޓިގެންވެސް ދިޔައެވެ. ނަމަވެސް މިހާރު މަޑުމަޑުން ގިނަ ވިޔަފާރިތަކެއް އާރާސްތުވަމުން އަންނަ އިރު، މިފަދަ ކުންފުނިތަކަށް ސަރުކާރުން ވެސް ދަނީ އެކިކަހަލަ އެހީތަށް ދެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ