
ދަރިވަރުން މަދަރުސާއަށް ފޮނުވައިގެން ކިޔަވައިދިނުމަކީ މުހިންމު ކަމެއް - ޚުތުބާ
E9167702-4F33-4DF7-A777-FA437A72D3FB
މައިންބަފައިންނާ މުޚާތަބުކޮށް މިއަދުގެ ހުތުބާގައިމުޅި ދުނިޔެއަށް ފެތުރިފައިވާ ވަބާގެ ހާލަތު މުޅިން ހަމައަކަށް އެޅިފައި ނުވި ނަމަވެސް، ދަރިވަރުން މަދަރުސާއަށް ފޮނުވައިގެން ކިޔަވައިދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޚުތުބާގައި ގޮވާލައްވައިފިއެވެ.

އަދުގެ ހުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "އުނގެނުމަށް ސަމާލުކަން ދޭށެވެ." މިއެވެ. އެގޮތުން، ދުވަސްތައް ފާއިތުވަމުން ގޮސް އަޅުގަނޑުމެން ދިރާަސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުމާއި ކުރިމަތިލާން އުޅޭ ކަން ހުތުބާގައި ފާހަގަ ކުރިއެވެ.
ޚުތުބާގައި ވަނީ ދަރިވަރުންނަށް، ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް ވެސް މުހިންމު މެސެޖުތަކެއް ދީފައެވެ. އެގޮތުން ދަރިވަރުންނާ މުޚާތަބު ކޮށް ޚުތުބާގައި ބުނެފައިވަނީ މިފެށޭ ޓާމުގައި އިލްމީ ރޮނގުން އިތުރު ކުރިއެރުމާއި ތަރައްގީ ލިބޭތޯ އަޒުމު ކަނޑައެޅުމަށެވެ. އަދި އިތުރު ހަރަކާތްތަކުން ކުދިންގެ މުޅި މާހައުލަށް ދިރުން ގެނެސްދިނުމަށެވެ. އަދި އަމަލީ މައިދާނަށް ނުކުމެ ފޮނި ނަތީޖާއެއް ނެރުމަށްޓަަކައި މަދަރުސާއާ އެއްބާރުލުން ދިނުމަށް ވެސް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
މީގެ އިތުރުން މުދައްރިސުންނާ މުޚާތަބުކޮށް ހުތުބާގައި ބުނެފައިވަނީ ދަރިން ތަރުބިއްޔަތުކޮށް، އިސްލާމްދީނަށާއި ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އެދުރުން މަސްއޫލިއްޔަތު އަދާކުރައްވައިގެން ކަމުގައި ވެސް ފާހަގަ ކޮށްފައިވެއެވެ.