logoEN
cocacola
އެމެރިކާގެ ކެޕިޓޯލްގައި ހިންގުނު ބޮޑު ހަމަނުޖެހުމާއި މެދު ދުނިޔޭގެ ލީޑަރުންގެ ބަސް!

އެމެރިކާގެ ކެޕިޓޯލްގައި ހިންގުނު ބޮޑު ހަމަނުޖެހުމާއި މެދު ދުނިޔޭގެ ލީޑަރުންގެ ބަސް!

c

އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސްކުރާގެ ކެޕިޓޯލްގައި، ފާއިތުވީ ބުދަދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއިދު ކުރާ ފަރާތްތަކުން ހިންގާފައިވާ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ތަފާތު ލީޑަރުން އެމީހުންގެ ބަސް އިއްވައިފިއެވެ.

ގޮސިޔާ

ޓްރަމްޕުގެ ސަޕޯޓަރުން ކެޕިޓޯލްގައި މުޒަހާރާކޮށް ހަމަނުޖެހުން އުފައްދާފައި ވަނީ، އެމެރިކާގެ ރިޔާސީ އިންތިހާބުގެ އިލެކްޓޯރަލް ވޯޓްގެ ދާއިމީ ނަތީޖާ އިޢުލާންކޮށް، ޤާނޫނު ހަދާ މަޖިލީހުން ރިޔާސީ އިންތިހާބުގެ ނަތީއްޖާ ބަލައިގަތުމަށް ޖޮއިންޓް ސެޝަނެއް ބުރާސްފަތި ދުވަހަށް ތާވަލް ކުރެވިފައި ވަނިކޮށްންނެވެ.

ދުނިޔޭގެ ގިނަ ލީޑަރުން ސިފަކުރައްވާ ގޮތުގައި، ފާއިތުވީ ބުދަދުވަހު، އެމެރިކާގެ ކެޕިޓޯލްގައި ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުން ވެގެން ދަނީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް ދެކެފައިނުވާ، ޑިމޮކްރަސީ އާއި ބީރައްޓެހި ކަޅު ދުވަހެއްގެ ގޮތުގައެވެ. ގިނަ ސިޔާސީ ލީޑަރުން ސިފަކުރައްވާ ގޮތުގައި މިއީ ޑިމޮކްރަސީއަށް ދީފައިވާ ހަމަލާއެކެވެ. ގިނަ ސިޔާސީ ލީޑަރުން ބުނެފައިވާގޮތުގައި، ރައްޔިތުން ގޮތް ނިންމުމުން، އިތުރު ޗެލެންޖް ކުރުމަކާ ނުލައި، އިންތިޤާލީ މަރުހަލާގައި، ސުލްހަވެރިގޮތުގައި ބާރުތައް ބަދަލުކުރެވެނެ ޖެހޭނެއެވެ.

އިނގިރޭސި ވިލާތުގެ ޕްރައިމް މިނިސްޓަރ ބޮރިސް ޖޯންސަން ވިދާޅުވާގޮތުގައި، ފާއިތުވީ ބުދަދުވަހު ޓްރަމްގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ލަނދުވެތި މަންޒަރެކެވެ. ބޮރިސް ޖޯންސަން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "ދުނިޔޭގެ ޑިމޮކްރަސީ ޤާއިމްކުރުމަށް އެމެރިކާއިން މަސައްކަތް ކުރާއިރު، އެމެރިކާގައި ހަމަޖެހުން ޤާއިމްކޮށް، ވިހާވެސް އަމަން އޮމާންކޮށް ވެރިކަން ބަދަލުކުރުމުގެ މަރުޙަލާ ކުރިޔަށް ގެންދަން ޖެހެއެވެ."

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ޓްވީޓާއެކު، އިނގިރޭސި ވިލާތުގެ ގިނައަދަދެއްގެ ސިޔާސީ ފަރާތްތަށް އެމެރިކާގެ ކެޕިޓޯލްގައި ހިނގި ހަމަނުޖެހުން ކުށްވެރިކޮށް ބަސް ބުނެފައި ވެއެވެ. މިގޮތުން އިނގިރޭސި އިނދިކޮޅު ލީޑަރ ސަރ ކެއިރ ސްޓާމާ ހާމަކޮށްފައިވާގޮތުގައި، މިއީ ސީދާ ޑިމޮކްރަސީއަށް ދީފައިވާ ހަމަލާއެކެވެ.

އިނގިރޭސި ވިލާތުގެ ހޯމް ސެކްރެޓަރީ ޕްރިތީ ޕަޓޭލް ބީބީސީ އަށް މަޢުލޫމާތު ދެމުން ބުނުއްވާފައިވަނީ، މިހިނގި ހަމަނުޖެހުމުގައި، ޤާނޫނު ހަދާ މަޖިލީހުގެ ގެއަށް ގެއްލުން ދިނުމާއި، ފުލުހުންނާއި ކުރިމަތިލުމަށް ސަޕޯޓަރުންނަށް މަގުފަހިކޮށްފައި ވަނީ ޓްރަމްގެ ޓްވީޓެވެ.

undefined

ސްކޮޓްލޭންޑްގެ ފުރަތަމަ މިނިސްޓަރ ނިކޮލަސް ސްޓާޖިއޯން ޓްވީޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ކެޕިޓަލްއަށް ދީފައިވާ ހަމަލާ ފޮޓޯތަކުން ފެނިގެންދަނީ ބޮޑު ބިރެއްގެ ގޮތުގައެވެ.

ޖާމަނީގައި، ޗާންސެލަރ އެންޖެލާ މާކެލް ބުނެފައިވަނީ، އެމެރިކާގެ ޤާނޫނު ހާދާ މަޖިލިސްކުރާގެއަށް ގެއްލުންދިން ފޮޓޯފެނުމުން ރުޅި އަދި ދެރަވެސް ވެފައިވެއެވެ. އެންޖެލާ އިތުރަށް ހާމަކޮށްފައިވާގޮތުގައި، "ރިޔާސީ އިންތިހާބުގެ ނަތީޖާ ޤަބޫލުނުކޮށް، ބަލި ޤަބޫލު ނުކޮށް، އިންތިހާބާ މެދު ސުވާލު އުފައްދައި، ޓްރަމްޕް އަމަލުކުރަމުން އަންނަ ގޮތާމެދު، ވަރަށްބޮޑަށް ކަންބޮވެއެވެ". އަދި މީގެ އިތުރުން ފާއިތުވީ އަހަރު ހޮންކޮންގ ގެ ޤާނޫނުހަދާ މަޖިލީހަށް ދެވިފައިވާ މިފަދަ ހަމަލާޔަކާ ދެހާދިސާ ގުޅުވައި އަޅާކިޔާފައި ވެއެވެ.

ހޮންކޮންގގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްވުމެން ހުއާ ޗުންޔިންގް ބުނެފައިވާގޮތުގައި ހޮންގ ކޮންގގެ ޤާނޫނީ ހަދާ މަޖިލީހަށް މީގެކުރިން ދީފައިވާ ހަމަލާ ވޮޝިންގޓަންގެ މިހަމަލާއަށް ވުރެ ނުރައްކާތެރި ވީނަމަވެސް، މިހަމަނުޖެހުމުގައި މީހަކު މަރުވެފައު ނުވެއެވެ. ޑިމޮކްރަސީއާއި ބީރައްޓެހި ހޮންކޮންގ ގެ ހަމަނުޖެހުމާއި އެމެރިކާގެ ހަމަނުޖެހުން އަޅާކިޔައި، މި ދެހަމަނުޖެހުމުގެ ވާހަކަ މިދަނޑިވަޅުގައި ވަރަށް ގަދަވެފައި ވެއެވެ.

ރަޝިޔާއިން ބުނެފައިވާގޮތުން، ވޮޝިންގްޓަންގައި ހިގާދިޔަ ހަމަނުޖެހުމުގެ އަސްލަކީ، މާދުވަސްވެފައިވާ އިލެކްޓޯރަލް ވޯޓިންގ ސިސްޓަމެއް އިންތިހާބުގައި ބޭނުންކުރުމުގެ ނަތީއްޖާއެވެ. ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ވުމެން، މާރިއާ ޒަޚަރޯވާ ބުނުއްވާފައިވާގޮތުގައި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބޭނުންކޮށްފައިވާ އިލެކްޓޯރަލް ވޯޓިންގ ސިސްޓަމަކީ މިޒަމާނަށް ނުފެތޭ ދުވަސްވީ ސިސްޓަމެކެވެ. މީގެ ސަބަބުން ވޯޓުލުމުގައި ތަފާތު އުޞޫލުން ބޭރު ކަންތައްތަކެއް ކުރިޔަށް ގެންދަން މަގުފަހިވުމުގެ އިތުރުން، އެމެރިކާގެ މީޑިޔާ ސިޔާސީވެފައިވާކަމުގެ ތުހުމަތު ކުރައްވައެވެ.

ޔޫރަޕަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުން އެއް ރާގެއްގައި މިއީ ދުނިޔޭގެ ޑިމޮކްރަސީއަށް ދެވުނު ހަމަލާއެއްގެ ގޮތުގައި ކެޕިޓޯލްގައި ހިންގުނު ހަމަނުޖެހުން ސިފަކޮށްފައިވެއެވެ.

ސްޕެއިންގެ ޕްރައިމް މުނިސްޓަރ ޕެޑްރޯ ސަންޗޭޒް ހާމަކޮށްފައިވާގޮތުގައި، އެމެރިކާގެ ޑިމޮކްރަސީއަށް ފުރިހަމަޔަށް އިތުބާރު އެމަނިކުފާނަށް އެބައޮތެވެ. އަލަށް އިންތިހާބު ވެފައިވާ އެމެރިކާގެ ރައީސް ޖޯ ބައިޑެން މިހާސްކަމުން އެމެރިކާ ސަލާމަތްކޮށް، ރައްޔިތުން އެކަތިގަނޑަކަށް ހަދާނެކަމުގެ ފުރިހަމަ ޔަޤީންކަށް އެބައޮތްކަމަށް ވަނީ ވިދާޅުވެފައެވެ.

ފްރާންސްގެ ރައީސް، އެމަނުއެލް މެކްރޯން، ޓްވިޓާގައި ހިއްސާކޮށްފައިވާ ވީޑިއޯއެއް މެދުވެރިކޮށް ވިދާޅުވެފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ ދުވަސްވީ ޑިމޮކްރަސީއެއް އޮތް އެމެރިކާގައި، ދައުރު ހަމަވެފައިވާ ރައީސަކު ނިމިފައިވާ އިންތިހާބެއްގެ ސައްހަ ކަމާމެދު ސުވާލު އުފައްދައި، ސަޕޯޓަރުން ބޭނުންކޮށްގެން ޤާނޫނުތަކަށް ގޮންޖަހައި، ޤާނޫނީ އިމުން ބޭރުން ހަމަނުޖެހުން އުފެއްދުމަކީ އާންމު ރައްޔިތުން ދީފައިވާ ވޯޓް ހަލާކުކޮށްލުމެވެ. އެމެރިކާގެ ވޮޝިންގްޓަން ޑީސީގައި ބުދަ ދުވަހު ހިންގި ހަމަނުޖެހުމަކީ އެމެރިކާގައި ހިންގާފައިވާކަމެއްކަން ޤަބޫލުކުރަންވެސް ދަތިކަމުގައި ބުނުއްވާފައި ވެއެވެ. ފްރާންސުން ޤަބޫލުކުރަނީ، ޑިމްކްރަސީ ކުރިއެރުވުމެވެ. އަދި ޤަބޫލުކުރަނީ އެމެރިކާގެ ޑިމޮކްރަސީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރައި ދިޔުން ކަމުގައި ފާހަގަ ކުރެއްވިއެވެ.

ސްވިޑަންގެ ޕްރައިމް މނިސްޓަރ ސްޓެފެން ލޯފްވެން ބުނުއްވާފައިވާ ގޮތުގައި، އެމެރިކާގެ ކެޕިޓޯލްގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ވަރަށްބޮޑަށް ކަންބޮޑުވެއެވެ. މިއީ ޑިމޮކްރަސީއަށް ދީފައިވާ ގެއްލުމެކެވެ.

View post on Twitter

ޔޫރަޕިޔަން ޔޫނިއަންގެ އިސްވެރިންވެސް އެބޭފުޅުންގެ އެމެރިކާގައި ހިގާދިޔަ ކަންތައްތަކާއި ގުޅިގެން އެބޭފުޅުންގެ ވިސްނުން ހާމަކުރައްވާފައި ވެއެވެ. ޔޫރަޕިޔަން ޔޫނިއަން ކައުންސިލްގެ ރައީސް ޗާލްސް މައިކަލް ބުނުއްވާފައިވާގޮތުގައި، އަމަން އޮމާންކަމާކެއު ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފައިވާ ބައިޑެން އާއި ބާރުތައް ޙަވާލުކުރައްވާނޭ ކަމަށް ޤަބޫލުކުރައްވާކަމަށް ބުނުއްވާފައި ވެއެވެ. އަދި ޔޫރަޕިޔަން ކޮމިޝަންގެ ރައިސާ އުރުސުލާ ވޮން ދެ ލެޔެން ވިދާޅުވާގޮތުގައި، އެމެރިކާގެ އިންތިހާބު ކާމިޔާބުކޮށްފައިވާ ޑިމޮކްރެޓްސް އާއި އެއްކޮށް މަސައްކަތްކުރުމަށް ހުންނެވީ ތައްޔާރަށެވެ.

View post on Twitter

ދުނިޔޭގެ އެހެނިހެން ސިޔާސީ ވަރުގަދަ ފަރާތްތަކެކޭ އެއްފަދައިން، ނޭޓޯގެ މިލިޓަރީ އެލަޔަންސްގެ ސެކްރެޓަރީ ޖެނެރަލް ޖެނސް ސްޓޮލްޓެންބާގް ބުނުއްވާފައިވާގޮތުގައި، ރިޔާސީ އިންތިހާބުގެ ނަތީއްޖާއަށް ކަމޭހިތައި އިޙްތިރާމް ކުރަން ޖެހެއެވެ. މިބީދައިން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ހަވާލާދީ، ސްޕޯކްސްމެން ބުނުއްވާފައިވަނީ، އެމެރިކާގައި ހިގާދިޔަ ހާދިސާއަށް ހިތާމަކުރައްވައެވެ.

undefined

ނިއުޒިލޭންޑްގެ ޕްރައިމް މިނިސްޓަރ ޖެކިންޑާ އާރދާން ޓްވީޓް ކޮށްފައިވާ ގޮތައި، އިންތިހާބުގައި ރައްޔިތުން ނުކުމެ ރައްޔިތުންގެ ބަސް އިއްވުމުން، މަދު މީސްކޮޅެއް ނުކުއްމައިގެން ރައްޔިތުންގެ ރައްޔިތުންގެ ނިންމުން ބަދަލު ނުކުރެވޭނެކަމަށް ވިދާޅުވެފައި ވެއެވެ. އެމެރިކާއާއި ގުޅުން ބޮޑު އޮސްޓްރޭލިޔާގެ ޕްރައިމް މިނިސްޓަރ ސްކޮޓް މޮރިސަން ހާމަކޮށްފައިވާގޮތުގައި އެމެރިކާއިން ފެނިގެން ގޮސްފައިވާ މިއަމަލަކީ ބަލައިގަންނަން ދަތި އަމަލެކެވެ. އަމާން އޮމާންކަމާއެކު، ބާރުތައް ބަދަލުކުރެވިގެންދާތަން ދެކެން ބޭނުންވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއެއް އޮންނަ އަވައްޓެރި އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރަންދުރަ މޯދީ އަކީ އެމެރިކާ އާއި ގާތްގުޅުމެއް ބާއްވާ ފަރާތެކެވެ. މޯދީ އެމަނިކުފާނުގެ ޓްވިޓާގައި ބުނުއްވާފައިވާގޮތުގައި ތަރުތީބުން ބާރުތައް ބަދަލުކުރުމުގެ ކަންތައް އެމެރިކާގައި ކުރިޔަށް ގެންދަންޖެހެއެވެ.

View post on Twitter

ޤާނޫނީ ސަރުކާރެއްގެ ގޮތުގައި އެމެރިކާއިން ނުދެކޭ ވެނެޒުއޭލާގެ ސަރުކާރުން ބުނުއްވާގޮތުގައި، އެހެން ޤައުމުތަކުގެ ދާޚިލީ ކަންތައްތަކާ ކުޅެ، އެހެން ޤައުމުތަކުގެ ސަރުކާރުތަކަށް ކުރިމަތިކުރުވާ ކަންކަން އެމެރިކާއަށްވެސް ކުރިމަތިވާންޖެހެއެވެ. މިއިން އެމެރިކާ ފިލާވަޅެއް ލިބިގަންނަން ޖެހެއެވެ. އާޖެންޓީނާގެ ރައިސް އަލްބާޓޯ ފެނާންޑިޒް އަދި ޗިލީގެ ރައީސް ސެބަސްޓިއަން ޕިނޭރަ ކަންބޮޑުވުން ފާޅުކޮށް ޓްވިޓާގައި ބާޔާނެއް ނެރުއްވާފައިވާއިރު، އެމެރިކާއިން އެއްބައިވަންތަކަން ޤާއިމްކޮށް ޤާނޫން ނަގަހައްޓާނެ ކަމަށް އުއްމީދުކުރާކަމަށް ޗިލީގެ ރައީސް ޕިނޭރާ އިތުރަށް ވިދާޅުވެފައި ވެއެވެ.

އެމެރިކާ އާއި ގާތް ގުޅުމެއް އޮންނަ ޖަޕާނުގެ ޗީފް ކެބިނެތް ސެކްރެޓަރީ ކަޓްސުނޯބު ކަޓޯ ވެސް ބާރުތަށް ބަދަލުކުރުން އަމާން އޮމާންކަމާއެކު ކުރިޔަށް ގެންދިޔުމަށް ގޮވާލާފައި ވެއެވެ.

2006 ވަނަ އަހަރު ފިޖީގައި ހިނގި ބަޣާވަތްކޮށްގެން އިސްކޮށް އުޅެފައިވާ އަދި މިހާރު ފިޖީގެ ޕްރައިމިނިސްޓާ ފްރޭންކް ބައިނިމަރަމާ އެމެރިކާގައި ބުދަދުވަހި ހިގާފައިވާ ޤާނޫނާއި ޚިލާފު ހަމަނުޖެހުން ކުއްވެރިކޮސްފައިވެއެވެ.

View post on Twitter

އަދި ސިންގަޕޫރުގެ ސީނިއަރ މިނިސްޓަރ ޓެއޯ ޗީ ހީން ބުނުއްވާފައިވާގޮތުގައި، އެމެރިކާގައި ހިގާދިޔަ، ޑިމޮކްރަސީ އާއި ބީރައްޓެހި ހަމަނުޖެހުން ކުރިޔަށް ދިޔަ ވަގުތު ބެއްލިވަކަމަށާއި، އަދި ބުދަ ދުވަހަކީ ހިތާމަވެރި ދުވަހެއްގެ ގޮތުގައި ސިފަކޮސްފައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ