logoEN
ޕީއެންސީ 2
ބާރުތައް ބައިޑެން އާ ހަވާލު ކުރަން ޓްރަމްޕް އެއްބަސްވެއްޖެ

ބާރުތައް ބައިޑެން އާ ހަވާލު ކުރަން ޓްރަމްޕް އެއްބަސްވެއްޖެ

އަހުމަދު ޝުރާއު

logo

1/8/2021, 5:09:36 AM

image

އިންތިހާބީ ރައީސް ޖޯ ބައިޑެން އާއި ބާރުތަކަށް ހަވާލުކުރަން އެންމެ ފަހުން އެމެރިކާގެ ރައީސް އަދި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް އެއްބަސްވެއްޖެއެވެ.

ޝަރީ 2024

ބައިޑައިން އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށް އެމެރިކާގެ ކޮންގްރެސްއިން ނިންމުމާއި އެކު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންތިހާބީ ރައީސް ބައިޑަންއަށް ވެރިކަމުގެ ބާރު ހަވާލުކުރުމުގެ އިންތިގާލީ މަރުހަލާ ކުރިއަށް ގެންދަން އެއްބަސްވެ ބަޔާނެއް ނެރެފައިއެވެ. ޓްރަމްޕް ނެރުނު ބަޔާނުގައި ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޭނާ ގަބޫލު ނުކުރި ނަމަވެސް ބައިޑައިންއަށް ވެރިކަމުގެ ބާރު ހަވާލު ކުރުމަށް އެއްބަސްވީ ސުލްހައަށް ކަމަށެވެ. ޓްރަމްޕް އިތުރަށް ބުނެފައިވާ ގޮތުގައި އިންތިހާބު "ވަގަށް ނަގައިގެން ދިޔަ މައްސަލަ" ބަލައި އިންސާފު ލިބެންދެން މަސައްކަތް ދޫކޮށްނުލާނެ ކަމަށާއި އެމެރިކާ އަނެއްކާ ވެސް ވަރުގަދަ ގައުމެއްގެ ގޮތުގައި ގެނެވުމަށް ކުރާ މަސައްކަތް ވެސް ދޫކޮށްނުލާނެ ކަމަށެވެ. އަދި އޭނާގެ ދައުރަކީ އެމެރިކާގެ ތާރީޚުގައި ދުށް އެންމެ ވަރުގަދަ ރިޔާސީ ދައުރު ކަމަށެވެ.

ޓަރަމްޕް މި ނިންމެވުން ނިންމަވާފައިމިވަނީ ރައީސް ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ހަމަނުޖެހުންތައް ހިންގައި ލޭއޮހޮރުވުމުގެ އަމަލުތަކެއް ވެސް ހިނގާފައިވަނިކޮށެވެ. މިކަންތައްތަކުގެ ސަބަބުން ރައީސްގެ މަގާމުން ޓްރަމްޕް ދުރުކުރުމަށް އޭނާގެ ކެބިނެޓުގައި މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ވެސް މީޑިއީ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ވެރިކަމުގެ ބާރުތައް ބައިޑެން އާއި ހަވާލު ކުރުމުގެ ކަންކަން ފެށުމާއި އެކު ވޮޝިންޓަނުން ބައިޑެން އާއި އިންތިޚާބީ ނައިބު ރައީސް ކަމަލާ ހެރިސް އަށް ހާއްސަ އޮފީހެއް އެމެރިކާ ސަރުކާރު ހަމަޖައްސައިދޭނެއެވެ. އަދި ގައުމީ ސަލާމަތާއި ބެހޭ މައުލޫމާތު ވެސް ބައިޑެން އަށް ދޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ