
ހުވަދު އަތޮޅުގެ ބައެއް ފެނަކަ ބްރާންޗްތަކަށް ސުޕަވައިޒަރުންނާއި ޓެކްނީޝަނުން ހޯދަނީ
ESfUXfyU0AEBwYx
ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގެ ފެނަކަ ބްރާންޗުތަކަށް ސުޕަވައިޒަރުންނާއި ޓެކްނީޝަނުން ހޯދަން ފެނަކަ ކޯޕްރޭޝަނުން އިއުލާން ކޮށްފި އެވެ.

ސުޕަވައިޒަރުންނާއި ޓެކްނީޝަނުން ހޯދަން އިއުލާންކޮށްފައިވަނީ ގއ. ކޮނޑޭ ، ގއ މާމެންދޫ ، ގއ ނިލަންދޫ ، ގދ ހޯނޑެއްދޫ ، ގދ ފަރެސްމާތޮޑާ ، ގދ ނަޑެއްލާ ، ގދ ފިޔޯރީ އަދި ގދ ރަތަފަންދޫ ފެނަކަ ބްރާންޗުތަކަށެވެ. އެގޮތުން މިއިން ކޮޮންމެ ބްރާންޗަކަށްވެސް 1 ސުޕަވައިޒަރާއި 2 ޓެކްނީޝަނުން ހޯދުމަށް ވަނީ ގެޒެޓުގައި އިއުލާންކޮށްފައެވެ.
އަދި ގދ ތިނަދޫ ބްރާންޗަށްވެސް ޓެކްނީޝަނަކު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަންގެ އިއުލާނުގައި ބުނެެފަައިވާ ގޮތުގައި ސުޕްވަރިޒަރުގެ މަގާމަށް ވަނީ 3570ރ. (ތިންހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) ގެ މުސާރައެއް ހުށަހަޅާފައެވެ. މުސާރާއިގެ އިތުރުން ސަރވިން އެލަވަންސްގެ ގޮތުގައި މުސާރައިގެ %30 ހާޟިރީ އެލަވެންސް ގޮތުގައި މުސާރައިގެ %20 އަދި އިތުރުގަޑީގެ އެލަވެންސް ގޮތުގައި މުސާރައިގެ %50 ވަނީ ހުށަހަޅާފައިއެވެ.
އަދި ޓެކްނީޝަންގެ މަގާމަށް ހުށަހަޅާފައިވަނީ 3000ރ. (ތިންހާސް ރުފިޔާ) ގެ މުސާރައެކެވެ. އަދި މުސާރާއިގެ އިތުރުން ސަރވިން އެލަވަންސްގެ ގޮތުގައި މުސާރައިގެ %30 ހާޟިރީ އެލަވެންސް ގޮތުގައި މުސާރައިގެ %20 އަދި އިތުރުގަޑީގެ އެލަވެންސް ގޮތުގައި މުސާރައިގެ %50 ވަނީ ހުށަހަޅާފައިއެވެ.
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގއ.މާމެންދޫ ، ގއ ކޮނޑޭ އަދި ގއ ނިލަންދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 14:00 އަށް ލިބެންހުންނާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުމަށް ފެނަކައިން އެދެއެވެ.
ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏެވެ.