logoEN
cocacola
ޝައިން ވިތް ޝަފާގެ މޭކްއަޕް ކޯސް ގައްދޫގައި ކާމިޔާބުކަމާއި އެކު ނިންމާލައިފި

ޝައިން ވިތް ޝަފާގެ މޭކްއަޕް ކޯސް ގައްދޫގައި ކާމިޔާބުކަމާއި އެކު ނިންމާލައިފި

އަހުމަދު ޝުރާއު

logo

1/8/2021, 4:56:15 AM

136739038_3830322627048662_3896127136708590501_n

ފުރަތަމަ ފަހަރަށް ގައްދޫގައި ހިންގި މޭކަޕް އެންޑް ހިޖާބް ސްޓައިލިންގ ކޯސް " ޝައިން ވިތް ޝަފާއިން ކުރިޔަސްގެންގޮސް ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ.

ގޮސިޔާ

1 ޖެނުއަރީ އިން 7 ޖެނުއަރީގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ކޯހުގައި ޖުމުލަ 12 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މިކޯސް ކުރިޔަށް ގެންގޮޮސްފައިވަނީ ގައްދޫ ކެމްޕަސްގައި އެވެ. މި ކޯސް ނިންމާލުމަށްފަހު ކޯހުގައި ބައިވެރިވި ފަރާތްތަކަށް ވަނީ ކޯސް ފުރިހަމަ ކުރި ކަމުގެ ހަނދާނީ ލިޔުމަކާއި މޭކްއަޕް ކިޓެއް ހަވާލުކޮށްފައެވެ.

މި ކޯސް އިންތިޒާމްކުރި ފަރާތްކަމުގައިވާ ޝަފާ " ގާފު " އަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައިވަނީ މި ކޯހުގެ މަގްސަދަކީ އޭނާއަށް ލިބިފައިހުރި އިލްމެއް އެހެން ބަޔަކަށް އުގައްނައިދީ މި ކޯހުގައި ބައިވެރިވި ދަރިވަރުންގެ ފަރާތުން މުޖުތަމައުއަށް ފައިދާހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި މުސްތަގްބަލުގައި ހުވަދު އަތޮޅުގެ އެހެން ރަށްތަކާއި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މިކަހަލަ ކޯސްތަށް ކުރިޔަށް ގެންދިޔުމުގެ ވިސްނުން ހުރި ކަމަށްވެސް ޝަފާވަނީ ބުނެފައެވެ.

މި ކޯސް މިހާ ކާމިޔާބު ކަމާއި އެކު ކުރިޔަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށްވެސް ޝަފާވަނީ ޝުކުރުއަދާކޮށްފައެވެ.

މިކޯސް ގައްދޫގައި މިހާ ފުރިހަމައަށް ބޭއްވުނީ ގިނަ ބަޔެއްގެ އެހީތެރިކަމާއި އެކު. އެހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރަން. ހާއްސަކޮށް އަޅުގަނޑުގެ މަންމަ ، ވަރުބަލިކަމެއްނެތި އަޅުގަނޑަށް އެހީތެރިވެދިން ނިޝާނާ ، ސުހާ ، ގައްދޫ ކެމްޕަސް ހިންގާ ފަރާތް ރިޝާން އަދި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް ރައްޔާން ދެއްވި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން - ޝަފާ

ޝައިން ވިތް ޝަފާ އަކީ ތިނަދޫގެ އިތުރުން އަތޮޅު ތެރޭގައި ފުޅާ ދާއިރާއެއްގައި މޭކްއަޕް ކުރުމުގެ ހިދުމަތް ދެމުން އަންނަ ވިޔަފާރިއެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ