logoEN
cocacola
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމް އެލޮން މަސްކަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމް އެލޮން މަސްކަށް

elon-musk-e1602521711190

185 ބިލިއަން ޑޮލަރާއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމް އެލޮން މަސްކް ހޯދައިފިއެވެ.

ގޮސިޔާ

ޓެސްލާ އަދި ސްޕޭސް އެކްސްގެ ވެރިޔާ އަށް މި މަޤާމް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ހިއްސާގެ ބާޒާރުގައި ޓެސްލާގެ އަގު މައްޗަށް ދިއުމުންނެވެ.

މިހާރު ދެވަނަގައި އޮތް އެމޭޒަން ކުންފުނީގެ ވެރިޔާ، ޖެފް ބެޒޮސް އަތުން އެންމެ މުއްސަނދި މީހާގެ މަޤާމް ގެއްލުނީ އޭނާގެ ކުރީގެ އަންހެނުންނަށް އޭނާގެ މިލްކިއްޔާތުން 4 އިންސައްތަ ދޭން ޖެހުމުގެ އިތުރުން ހިއްސާގެ ބާޒާރުގައި އެމޭޒަންގެ ސްޓޮކް އެހާ މައްޗަށް ގޮސްފައި ނުވާތީއެވެ.

ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓު ކާރު އުފައްދާ ޓެސްލާ އަކީ އެތައް ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކުންފުންޏެކެވެ. މިދިޔަ ބުދަ ދުވަހު އެލޮން މަސްކުގެ މި ކާރު ކުންފުނީގެ އަގު ވަނީ 700 ބިލިއަން ޑޮލަރަށް އަރާފައެވެ.

ޓެސްލާގެ އިތުރުން މަސްކަކިީ އިތުރު އެތައް ކުންފުންޏެއްގެ ފައުންޑާ އެވެ. އޭގެތެރޭގައި ސްޕޭސް އެކްސް އާއި ދަބޯރިންގް ކޮމްޕެނީ އާއި ހައިޕާލޫޕް އަދި އޯޕެންއަލް ހިމެނެ އެވެ. މިއަހަރަކީ މަސްކަށް ވަރަށް ގިނަ ގޮޮތްގޮތުން މުހިންމު އަހަރެކެވެ. އެެގޮތުން އެލަންގެ ކުންފުންޏެއްކަމުގައިވާ ސްޕޭސްއެކްސް އިން ވަނި މިއަހަރު ޖައްވަށް ގިނަ އުޅަނދު ތަކެއް ވެސް ފޮނުވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ