ގއ. ދެއްވަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ހަތް މީހަކު ބައްޔަށް ޕޮޒިޓިވްވެ، އެރަށުން އަރާ ފޭބުން މަނާ ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށް ކުރިން މޮނިޓަރިންގެ ހާލަތަށް ގެނެއީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ދެއްވަދޫ ކައުންސިލުން ވިދާޅުވީ މިއީ ޝީބިލްޑިންގ ކައިވެނި ޙަފްލާއާ ގުޅުންހުރި ވޭދަނައެއް (ކޭސްއެއް) ކަމަށެވެ. އެޙާފްލާއަށް ފަހު އެރަށުގައި ހޯމްކަރަންޓީންގައި ހުރި އުމުރުން ދެ އަހަރުގެ ކުއްޖަކާ ބައްދަލުވި ބަޔަކު ފައްސިވެފައިވާ ކަމަށް ދެއްވަދޫ ކައުންސިލުން ވިދާޅުވިއެވެ.
އަދި މާދަމާ ރަށުގައި ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި މިރޭ ފަތިސް ނަމާދުން ފެށިގެން މިސްކިތްތައް ވެސް ބަންދުވާނެ ކަމަށް ދެއްވަދޫ ކައުންސިލުން ވިދާޅުވި އެވެ.
ފައްސިވި މީހުންގެ ތެރެއިން ދެއަހަރުގެ ކުއްޖާ ފިޔަވައި ދެން ހިމެނެނީ އެހެން ގެތަކުގައި ދިރިއުޅޭ މީހުންނެވެ.
4 Responses
ކޮމެންޓް
ކަލޭމެން ހަބަރެއް ލިޔާ އިރު ވެރިފައި ކުރުމެއް ނޯވޭތަ؟ ބަލާބަލަ ތިޔަ ބުނާ ޝީ ބިލްޑިންގ ޕާޓީ ބޭއްވި ތާރިޚާއި އެކުއްޖާ ކަރަންޓީނު ވި ތާރީޚު އަދި އެކުއްޖާގެ އުމުރު. ތަނަކުން ހަބަރެއް ފެންނަ އިރަށް ކޮޕީ ކޮށްފަ ލިޔުން އެއީ ނޫސްވެރިކަން ކުރާގޮތް؟
ކަލޭ ނޫސްވެރިންނަށް ތި ބަވާލަނީޔޯ؟ މަށަށް ފެންނަ ގޮތުގައި އެ އިނީ މި ރަށު ކައުންސިލުގަ ހުރި މީހާ ބުނި އެއްޗެއް ލިޔެފަ. މި ހަބަރު ލިޔުނު ކުދިންގެ ބަހެއް ނޫން!
އެހެން ނޫނަސް، ކަރަންޓީނުގަ މައިތިރިވެގެން ތިބި ނަމަ ތިކަހަލަ އެއްވެސް ކަމެއް ނުހިގީސް!!
ނުތޮޅި ތިބެ