logoEN
cocacola
ބަލިވީ ރެފްރީގެ ގޯސް ޑިޒިޝަންތަކުގެ ސަބަބުން - ކޯޗު މުބީން

ބަލިވީ ރެފްރީގެ ގޯސް ޑިޒިޝަންތަކުގެ ސަބަބުން - ކޯޗު މުބީން

އަހުމަދު ޝުރާއު

logo

1/7/2021, 11:42:55 PM

DSC_0975

ހަވަރު ޔޫތް ކަޕް 2020 ގެ ސެމީ ފައިނަލްގައި ކާޑެއްދޫޓީމު އަތުން ބަލިވީ ރެފްރީގެ ގޯސް ޑިޒިޝަންތަކުގެ ސަބަބުން ކަމަށް ހޯނޑެއްދޫ ޓީމްގެ ކޯޗު އަހުމަދު މުބީން ބުނެފިއެވެ.

ގޮސިޔާ

މެޗަށް ފަހު ގާފު ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު ބުނިގޮތުގައ މުޅި މެޗް ޕްރެޝަރަށް ވައްޓާލީ މެޗުގެ ރެފްރީ ކަމަށާއި ރެފްރީގެ ނިންމުންތަށް ގޯޯސްކަމަށެވެ. އެގޮތުން ކުޅުންތެރިން ބޮޑެތި ފައުލްކޮށް ލޭ އަންނަ ހިސާބަށް ދިޔަ އިރުވެސް ރެފްރީގެ ފަރާތުން އެކަމަށް އެއްވެސް ވިޔަވަޅެއް ނޭޅުމަކީ ރެފްރީގެ ނިންމުންތަށް ގޯސްވާން ދިމާވި ސަބަބުކަމަށެވެ. އަދި ރަނގަޅު ކުޅުމެެއް ކުޅެމުން އައިއިރު ކުޅުން ހަލާކުކޮށްލައި ސީދާ ހޯނޑެއްދޫ ޓީމް ބަލިކޮށްލަށް ރެފްރީ މަސައްކަތްކުރި ކަމަށް ކޯޗު ވަނީ ތުހުމަތު ކޮށްފައެވެ.

ކޯޗު އިތުރަށް ބުނިގޮތުގައި ހޯނޑެއްދޫ ޓީމުގެ ފަރާތުްނ ފެނިގެން ދިޔައީ މޮޅު ކުޅުމެއް ކަމަށާއި މެޗުން ބަލިވީ ކުޅުންތެރިންގެ މިސްޓޭކްތަކުން ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި ހަމައެއާއި އެކު ކުޅުންތެރިން ދެއްކި ކުޅުމަށް އައްސަރިބަހާއި ސާބަސް ހައްގު ކަމަށް ވެސް ކޯޗުވަނީ ބުނެފައެވެ.

މިއަދުގެ މެޗުން ހޯނޑެއްދޫ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ލީޑު ފުރަތަމަ ނެގީވެސް ހޯނޑެއްދޫ އެފްސީއިންނެވެ. މިއަދުގެ މެޗުގައި ހޯނޑެއްދޫ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ވަނީ ފެނިފައެވެ.

ސެމީ ފައިނަލްގެ މި މެޗުން ކާޑެއްދޫ މޮޅުވުމާއި އެކު ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ކާޑެއްދޫ އެފްސީއިންނެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ. މި މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ޓީމް ނޯޗޮއިސް އަދި ޓީމް ފީނިކްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ