އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްގައި އޮތް ޕްރައިވެޓް ރަށެއް 3 މިލިއަން ޔޫރޯއަށް ވިއްކުމަށް ހުށަހަޅައިފިއެވެ.
ވިއްކަން ހުށަހަޅައިފައިވާ 8 ހެކްޓަރު ހުންނަ ވިކްޓަރ އައިލެންޑަކީ 4 ކޮޓަރީގެ ބޮޑު ގެއެއް ހުންނަ، ފަސޭހަކަމާއެކު ދިރިއުޅެވޭނެ ހިތްގައިމު ރަށެކެވެ. ކަރަންޓުގެ ހަރަދުވެސް ބޮޑު ނުވާނެގޮތަށް ގެއަށް ކަރަންޓު ދިނުމަށް އެ ރަށުގައި ސޯލާ ޕެނަލް ބެހެއްޓިފައިވެއެވެ. އަދި 225،000 ލީޓަރުގެ ވާރޭ ފެން ރައްކާކުރާނެ ގޮތް ހުރި އިރު ދަނޑުވެރިކަން ކުރާނެ ޖާގަވެސް އެ ރަށުގައި އެބައޮތެވެ.
އަގަށް ބަލާއިރު 3 މިލިއަން ޔޫރޯއަކީ މި ވަރުގެ ހިތްގައިމު ރަށަކަށް ހަމަގައިމުވެސް ވަރަށް ކުޑަ އަގެކެވެ. އޮސްޓްރޭލިޔާގައި ވިއްކަން ހުންނަ މޫދު ކައިރީ ގެތަކުގެ އަގު އެކަނިވެސް 3 މިލިއަން ޔޫރޯއަށްވުރެ މައްޗަށް އަރައެވެ.
މި ރަށަކީ އޮސްޓްރޭލިއާގެ ވެރި ރަށަށް ލޯންޗެއްގައި 10 މިނިޓުން ދެވޭހާ ދުރުގައި އޮތް ރަށެކެވެ. އަދި މި ރަށުގައި ހެލިކޮޕްޓަރެއް ޖެއްސޭނެހާ ޖާގަ އޮތުމަކީ މި ރަށަށް ލިބިގެންދިޔަ ބޯނަސް ޕޮއިންޓެކެވެ.
މި ރަށް ކައިރީގައި ވެލާއާ ކޯމަހުގެ އިތުރުން ތަފާތު އެކި ވައްތަރުގެ ދޫނިވެސް އުޅެއެވެ.
ކޮންމެއަކަސް ޕްރައިވެސީއާއެކު ބޭނުން ވަގުތެއްގައި ފަތާލަން ގޮސް ފަރުގެ ރީތިކަން ބަލާލަން ބޭނުންވާ ފަރާތް ތަކާއި މޫދު ކައިރީގައި އުޅުމަށް ލޯބިކުރައްވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެކެވެ.