logoEN
ކޮކާކޯލާ
ގައުމުގެ ތަރައްގީއާއިއެކު ރައްޔިތުންގެ ނާތަހުޒީބުކަން، މިއީ މިކަން ވާންޖެހޭ ގޮތްތަ؟

ގައުމުގެ ތަރައްގީއާއިއެކު ރައްޔިތުންގެ ނާތަހުޒީބުކަން، މިއީ މިކަން ވާންޖެހޭ ގޮތްތަ؟

2D86426F-2AFE-458D-93E5-DF59F1D11996

ދިވެހިގައުމަކީ ތަރައްގީ ވަމުން އަންނަ ގައުމެއްކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. ގައުމު، ތަރައްގީގެ ނާރެހުގައި ކުރިއަރަމުން ދާހިނދު، މިއަދު އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ، ގައުމުގެ ތަރައްގީއާއި އެއްވަރަށް، ރައްޔިތުންގެ ތަހުޒީބުކަން ފެނޭބާއެވެ. ތަރައްގީގެ ރޭހުގައި ގައުމު މިދެކޭ ހަލުވި ދުވުމާއި އެއްވަރަށް ދިވެހީންގެ ތަހުޒީބުކަން ކުރިއަރަމުން ދޭބާއެވެ. ފެންނަމުންދާ ހެކިތަކަށް ބަލާލަމާތޯއެވެ.

އަބުޅޯ

1 ޖަނަވަރީ 2011އިން ފެށިގެން ދިވެހިގައުމަކީ ތަރައްގީވަމުން އަންނަ ގައުމެއްކަމަށް ޔޫއެންއިން ނިންމުމާއިއެކު އެކަމަކީ މުޅި ގައުމަށް ލިބުނު ބޮޑު އުފަލެއްކަމަށް މުޅި ދިވެހި ގައުމުވެސް ނިންމިއެވެ. ތެދެކެވެ. އެއީ މުޅި ގައުމަށްވެސް ލިބުނު ބޮޑު ފަޙްރެކެވެ. އެހެނީ މުޅި ގައުމު ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ތަރައްގީވެ ކުރިއަރަމުންނެވެ. އެންމެ ފަހުން ރައީސް އަމީންގެ ދައުރުން ފެށިގެން ދެކެމުން އައި ބުރިޖުވެސް ދިވެހި ގައުމުގައި އެޅުނީއެވެ. ދިވެހި ގައުމުގެ އެތަކެއް ރަށެއްގައި ތާރު އެޅި، އެތަކެއް މަގުތަކުގައި ގާއެޅި، ހިރަފުހުގެ އުނަދަގުލުންވެސް އެތަކެއް ބަޔަކު ސަލާމަތްވީއެވެ. ގައުމަ ދިޔައީ ވަރަށް ބޮޑަށް ކުރިއަރަމުންނެވެ. ނަމަވެސް، ދިވެހި ގައުމުގެ ރައްޔިތުންގެ ތަހުޒީބުކަން މިއަދު ކޮބާހެއްޔެވެ؟

ތަހުޒީބަކީ އެމީހަކު ކަނޑައެޅިފައިވާ ގާނޫނުތަކާއި، ހުދޫދުތަކާއި، އިންސާނީ ހައްގުތަކާއި، ދިރިއުޅުމުގައި ކަންކަން ރަނގަޅަށް ވާގޮތް އެނގި، ރަނގަޅުގޮތުގައި ދިރިއުޅެން އުޅޭ މީހުންނަށް ބުނެވޭ ބަހެކެވެ. ނަމަވެސް މިއަދު ދިވެހި ގައުމުން ފެންނަނީ ތަހުޒީބުގެ އިނދިކޮޅެވެ. މަގުމަތިން ހިނގާފައި ދާ މީހާގެ ގަޔަށް ޖަހަނީ ކުޅެވެ. އަނގަ ފުރާ ދުފާލުމަށްފަހު ޖަހާ ރަތް ކުޅެވެ. ސިނގިރޭޓް ރޯކުރުމަށްފަހު ބުރުވާލަނީ ދުމެވެ. ޓޭކްއަވޭ ކޮފީތަށި ބޮއެފައި އެކުލާނީ މަގުމައްޗަށެވެ. ކިތަންމެ ގިނަ ބަޔަކު ތިއްބަސް ގޮވަނީ ހެއްދެވިހާ ހަޑި އެއްޗެކެވެ. ޖެހިގެން ހުރި ފަޅު ގޯއްޗަކީ އެގެއާއި އިންވެގެން ހުރި މީހުންގެ ކުނި ގޮނޑެވެ. ކަމެއްވާއިރަށް ނުވަތަ ނުވާއިރަށް މަގުމައްޗަކަސް، އެހެންތަނަކަސް ގަޔަށް އަރައި ޖަހަނީ ވަޅިއެވެ. ގޮވާލަނީ އެއްކަލަ "ރިވެތި" އެތިފަހަރުތަކެވެ. އޮފީހަކަސް އެހެންތަނަކަށް ވިޔަސްމެއެވެ. އެއްވެސް ބިރެއްނެތި ދުވާލު އަލީގައިވެސް މީހުން މަރާކަތިލަނީއެވެ. ތަންތަން ރޯކުރުމުގައިވެސް އެއްވަނައެވެ. މީހުންނަށް ޖެއްސުންކޮށް މަލާމަތްކުރުމާއި، ފުރައްސާރަކުރުމާއި އަދި އުނދަގޫކުރުމުގައިވެސް މިވަރެއްނެތެވެ. ގައުމުގެ ވަލީއުލް އަމުރަކަށް، އެހެން މީހަކަށް އިހުތިރާމެއް ނެތެވެ. ވާނީވެސް އެހްނެތާއެވެ. ގައުމުގެ ރައްޔިތުންނަށް އެންމެ ބޮޑަށް މިސާލު ދައްކަވަން ޖެހިވަޑައިގަންނަވާ ކޮންމެ ރައީސަކު، މަޖިލިސް މެމްބަރަކު ނުވަތަ ކެބިނެޓް މިނިސްޓަރަކު ކޮންމެވެސްފަދަ ގޯސް ކަމެއްގައި ޖަލަށްވެސް ލެވެއެވެ. މިއީ ދިވެހި ގައުމުގެ އެންމެ އިސް ބޭފުޅުންގެވެސް ހާލަތެވެ.

މިފަދަ ކިތަންމެ 25 ބުރީގެ އިމާރާތްތަކެއްވެސް އެޅިދާނެއެވެ. ކިތަންމެ ބުރިޖެއްވެސް އެޅިދާނެއެވެ. ހުރިހާ ރަށެއްގައި ތާރު ވެސް އެޅިދާނެއެވެ. ކިތަންމެ ތަނެއް ހަދަންވެސް ހެދިދާނެއެވެ. ނަމަވެސް، އެއްވެސް ގައުމެއްގައި އުޅުމެއް، ސުލޫކެއް ނެތް ރައްޔިތެއް ތިބިނަމަ އެތަނެއް ކުރިއަރައިގެން ދިޔުމަކީ ނާދިރުކަމެކެވެ. އެހެނީ ބުރިޖްއާއި ހައިވޭގެ ޑިވައިޑަރުތަށް އެކްސިޑެންޓްވެގެން އަބަދުވެސް ހަދާއުސޫލުން، ގައުމުގެ ތަންތަނާއި، ކަންކަން އަބަދުވެސް ޖެހެނީ އާރާސްތުކޮށްލަ ކޮށްލާ ތިބޭށެވެ. ކުރިއަރާނީ ރަނގަޅު ގޮތުގައި އުޅެ، ތިމާމެންނަކީ އިންސާނުންކަން ދަނެގެން، ތަހުޒީބު ދުނިޔޭގައި ތަހުޒީބުކޮށް އުޅެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ