ހަވޮޑިގަލާއަށް "ފްލައިންގ ފޮކްސް" އައި ބޭނުން މިއޮތީ

ދުނިޔޭގެ އެންމެ ބޮޑު އެއް ޔޮޓް " ފްލައިންގ ފޮކްސް " ހުވަދު އަތޮޅުގައި ބަދަރުކޮށްފި އެވެ.

ގާފު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޔޮޓް ހުވަދު އަތޮޅުގައި ބަދަރުކުރީ ރަޝިޔާ ބިލިއަނަރެއްްގެ އަހަރީ ޗުއްޓީއަށެވެ. އަދި ހުވަދު އަތޮޅުގައި 20 ވަރަކަށް ދުވަހު މި ޔޮޓް މަޑުކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން ހުވަދޫގެ ބައެއް ފަޅުރަށްރަށުގައި މި ޔޮޓް މަޑުކުރާނެ ކަމަށްވެއެވެ.

ރަޝީޔާ ބިލިއަނަރުގެ އަހަރީ ޗުއްޓީއަށް ގދ ހަވޮޑިގަލާގައި ޑިނާނައިޓެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. ހަވޮޑިގަލާ ބަލަހައްޓަމުން އަންނަނީ ހުވަދު އަތޮޅުގެ ޖަމިއްޔާއެއް ކަމުގައިވާ ހަވަރު ސްޕޯޓްސްއިންނެވެ. ގާފު އަށް މައުލޫމާތު ލިިބިފައިވާ ގޮތުގައި ހަވޮޑިގަލާގައި ޑިނާނައިޓް ބޭއްވުމަށް ނަގަން ޖެހޭ ހުރިހާ ހުއްދައެއް ވަނީ ނަގާފައެވެ. މިރޭ ބާއްވާ ޑިނާނައިޓަށް ހަވޮޑިގަލާ ވަނީ ތައްޔާރުކުރެވިފައި ކަމަށްވެސް މައުލޫމާތު ލިިބެއެވެ.

400 މިލިއަން ޑޮލަރުގެ "ފްލައިންގ ފޮކްސް" ނަމަކަށް ކިޔާ މިޔޮޓަކީ ދުނިޔޭގެ އެންމެ އަގުބޮޑު ޔޮޓެވެ. އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު ޗާޓަރ ސުޕަޔޮޓެވެ. މި ޔޮޓަކީ އިމްޕީރިއަލް ޔޮޓްސްގެ އުފެއްދުމެކެވެ. މިޔޮޓުގެ ވެރިޔަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އެމޭޒަން ކުންފުނީގެ ފައުންޑަރ އަދި ސީއީއޯ ޖެފް ބޭޒޯސްގެ ޔޮޓެއްކަމަށް ބޭރުގެ ރިޕޯޓުތަށް ބުނެއެވެ. އެހެން ނަމަވެސް އެމެޒަން އިން ވަނީ މިކަން ދޮގުކޮށްފައެވެ. މި ޔޮޓު ފަރުމާކޮށްފައިވާގޮތުން، މިޔޮޓުގައި ސްވިމިންގ ޕޫލަކާއި، ސްޕާއަކާއި، ޖިމް އަކާއި، ސިނަމާއަކާއި، ޑައިވް ސެންޓަރެއްގެ އިތުރުން ހެލިކޮޕްޓަރު ޖެއްސުމަށް ދެ ހެލިޕެޑް ހިމެނެއެވެ. މި ޔޮޓުގައި 54 ކްރޫއިން ހަރަކާތްތެރިވާއިރު، ގެސްޓުންގެ ގޮތުގައި 25 މީހުންނަށް ބޭނުންކުރެވޭ ގޮތަށް 11 ކޮޓަރި ހުރެއެވެ.

https://www.youtube.com/watch?v=YUfvwaGKM8A&feature=share&fbclid=IwAR1RM9vV5-gBjVaNVzI5ZwdrOwmG4CMHbLzMA2pzcaPWrYjRPiQGRjhJw9o

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް