logoEN
ކޮކާކޯލާ
ކައުންސިލް އިންތިހާބު އޭޕްރީލް 3 ގައި

ކައުންސިލް އިންތިހާބު އޭޕްރީލް 3 ގައި

އަހުމަދު ޝުރާއު

logo

1/6/2021, 4:06:38 PM

big_gnIpOoN1io9eFGS

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހަށް ތާވަލްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

އަބުޅޯ

މިއީ މިއިންތިހާބު ބާއްވަން ތާވަލްކުރި ކުރި 3 ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހުގައި ބާއްވަން ފުރަތަމަ ތާވަލްކުރި މި އިންތިހާބު ފަސްކުރަން ޖެހުނި ކޮވިޑްގެ ބަލިމަޑުކަމާއި އެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ސަބަބުންނެވެ. އެއައްފަހު މަޖިލީހުން ގާނޫނަށް އިސްލާހު ގެނެސް މިއަހަރުގެ މާރިޗު މަހުގައި މި އިންތިހާބު ބާއްވަން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ޖެނުއަރީ 5 ވަނަ ދުވަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދައްމާލުމާއި އެކު މާރިޗު މަހުގައިވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ. ސަބަބެއް ކަމަށް އީސީއިން ބުނެފައިވަނީ ކެމްޕޭންކުރުމާއި ވޯޓާށް ލިސްޓު އިއުލާންކޮށް ޝަކުވާ ހުށަހެޅުމާއި އިންތިޚާބުގެ އެހެން ގާނޫނީ ތަރުތީބުތަކަށް ވަގުތު ބޭނުންވާނެތީ އެވެ.

އެލެކްޝަން ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމެއް ބާއްވާ ފަސްކުރެވިފައިވާ އިންތިހާބު އޭޕްރީލް ތިނެއްގައި ބޭއްވުމަށް ތާވަލް ކުރަން އީސީގެ މެންބަރުން ވަނީ ނިންމާފައެވެ. އަދި ކުއްލި ހާލަތުގެ ތެރެއިން އިންތިހާބު ބޭއްވުމަށް ގާނޫނަށް އިސްލާހެއް ޑްރާފްޓް ކުރުމުގެ މަސައްކަތް އީސީން ވަނީ ފަށައިފަ އެވެ. އީސީން އަމާޒު ހިފާފައިވަނީ އޭޕްރީލް 13 ގައި ރޯދަ މަސް ފެށުމުގެ ކުރިން އިންތިހާބު ބޭއްވުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ