logoEN
cocacola
އާއަހަރު ފާހަގަކުރުމަށް މަޝްހޫރު ފަރާތްތަކުން ނަގާފައިވާ ރާއްޖޭގެ ފޮޓޯތަކުން ޓްވިޓާ ވައިރަލްވެ، ބޮލީވުޑްގެ "ނާނީގަރު" އަކަށް ދިވެހިރާއްޖެ!

އާއަހަރު ފާހަގަކުރުމަށް މަޝްހޫރު ފަރާތްތަކުން ނަގާފައިވާ ރާއްޖޭގެ ފޮޓޯތަކުން ޓްވިޓާ ވައިރަލްވެ، ބޮލީވުޑްގެ "ނާނީގަރު" އަކަށް ދިވެހިރާއްޖެ!

1

ތަފާތު މަޝްހޫރު ފަރާތްތަކުން އާއަހަރު ފާހަގަކުރުމަށް ނަގާފައިވާ ފޮޓޯތަކުންނާއި، ދިވެހިރާއްޖެއާއި ގުޅޭ ވާހަކަތަކުން މުޅި އިންޓަރނެޓް ވަނީ ފުރިފައެވެ. މުޅި އިންޓަރނެޓް އަދި ޓްވިޓާގައި ވައިރަލްވެފައިވަނީ ދިވެހިރާއްޖޭގެ ފޮޓޯތަކާއި، ދިވެހިރާއްޖޭގެ ވާހަކައެވެ. ތަފާތު މަޝްހޫރު ފަރާތްތަކުގެ ސަމާލުކަމަށް ރާއްޖެ އައުމުގެ މުހިންމު ސަބަބަކަށް ވަރަށް ފަހުން ދިވެހިރާއްޖެއަށް ލިބިފައިވާ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވާޑް 2020 ވެގެންދެއެވެ.

ގޮސިޔާ

މިފެށުނު އާއަހަރުގެ ފުރަތަމަ ހޯމަ ދުވަހު އިންޓަނެޓްގައި އެންމެ ގިނައިން ދެކެވިފައިވަނީ ދިވެހިރާއްޖޭގެ ވާހަކައެވެ. އިންޑިޔާގެ ބޮލީވުޑްގެ މަޝްހޫރު ގިނައަދަދެއްގެ ތަރިން އާ އަހަރު ފާހަގަކުރުމަށް ރާއްޖެ ޒިޔާރަތްކޮށްފައި ވާއިރު، އިންސްޓަގްރަމް އަދި ޓްވިޓާ ވައިރަލްވެފައި ވަނީ ބޮލީވުޑްގެ މަޝްހޫރުތަރިން ދިވެހިރާއްޖޭގައި ނަގާފައިވާ ފޮޓޯތަކުންނެވެ.

undefined

ދިޝާ ޕަޓާނީ އަދި އަނަންޔާ ޕާންޑޭ ރާއްޖޭގައި ( ފޮޓޯ އިންސްޓަގްރަމް)

ދިވެހިރާއްޖެއަކީ އާ މުމްބާއީ ހެއްޔެވެ؟

ބައެއް ޚަބަރުފަތުރާ ވަޞީލަތްތަކުން ދިވެހިރާއްޖެއަކީ އާ މުމްބާއީތޯ ވަނީ ސުވާލު އުފައްދާފައެވެ. މިއީ ރާއްޖެ ޒިޔާރަތްކުރާ ބޮލީވުޑްގެ ތަރީންގެ އަދަދު ގިނަވުމުން ކޮށްފައިވާ ސުވާލަކަށް ވުން އެކަށީގެންވެއެވެ. ފާއިތުވީ ނޮވެމްބަރުގައި ކެތްރީނާ ކައިފް، ދިޝާ ޕަޓާނީ، ޓައިގާ ޝްރޯފް އަދިވެސް މަޝްހޫރު އެތަށް ބޮލީވުޑް ތަރީންނެއް ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ޒިޔާރަތް ކޮށްފައެވެ. މިހިގާ ޖެނުއަރީއަށް ބަލާއިރުވެސް މިކަން އޮތީ ހަމަ މިހެންނެވެ.

ދިޝާ ޕަޓާނީ ފާއިތުވީ ހަފްތާ ޖެޓެއްގައި ދިވެހިރާއްޖެ އައިސްފައިވާއިރު، އިންސްޓަގްރާމްގައި ރާއްޖޭގެ ހިތްގައިމު ފޮޓޯތަކުން ދަނީ ފުރާލަމުންނެވެ. ކިއާރާ އަދްވަނީ އަދި ސިއްދާތު މަލޯތުރާ ވެސް އާއަހަރު ފާހަގަކޮށްފައިވަނީ ރާއްޖޭގައެވެ. މީގެ އިތުރުން ފިލްމީ ތަރި، އަނަންޔާ ޕާންޑޭ އަދި އިޝާން ކައްޓާ ވެސް އާއަހަރު ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގައެވެ.

ދިވެހިރާއްޖެ މިހާބޮޑަށް ޓްރެންޑްވެފައި ވަނީ ކީއްވެ؟

ގިނައަދަދެއްގެ ބޮލީވުޑްގެ މަޝްހޫރު ތަރިންނެއް އާއަހަރު ފާހަގަކުރުމަށް އެންމެ ކަމުދާ މަންޒިލަކަށް ދިވެހިރާއްޖެ އިޚްތިޔާރު ކުރުމާއި ގުޅިގެން، ސޮޝަލް މީޑިޔާ ބޭނުންކުރާ ގިނަ ފަރާތެއްގެ އަމާޒުފަތްގަނޑަކަށް ދިވެހިރާއްޖެ ވެގެން ގޮސްފައިވެއެވެ. މިގޮތުން ގިނަފަރާތްތަކުގެ ހިތުގައި އުފެދޭ ސުވާލަކީ އަދި ގިނަ ފަރާތްތަށް ޖަވާބު ހޯދަން ބޭނުންވާ ސުވާލަކީ، ދިވެހިރާއްޖެ މިހާބޮޑަށް ޓްރެންޑްވެފައިވަނީ ކީއްވެ ހެއްޔެވެ؟ މިގޮތުން މިފަދަ ސުވާލުތަކުން ސޯޝަލް މީޑިޔާ އަދި މުޅި އިންޓަނެޓްގައި އެންމެ ބޮޑަށް ޓްރެންޑްވެ ދެކެވިފައިވަނީ ދިވެހިރާއްޖޭގެ ވާހަކައެވެ. ޓްވިޓާ އިންސްޓަގްރަމް ފަދަ ސޯޝަލް މީޑިޔާ އެއްކޮށް ފްލަޑްވެގެން ގޮސްފައިވަނީ ދިވެހިރާއްޖެއާއި ގުޅޭ ސުރުޙީތަކުންނެވެ.

ޓްވިޓާ ބޭނުންކުރާ ފަރާތެއް ކަމުގައިވާ ރާޖްސިންގް "ހުރިހާ ސެލެބްރިޓީން ބިޒްނަސް ޓްރިޕްތަކުގައި ދަނީ ދިވެހިރާއްޖެއަށް، މިއީ އަހަރެންވެސް ބޭނުންވާ ފަދަ ބިޒްނަސް ޓްރިޕަކީ" ބުނެފައިވާއިރު، އިތުރު ޓްވީޓެއްގައި "ސެލެބްރިޓިންގެ ނާނީގަރު އަކަށް ދިވެހިރާއްޖެ މިވަނީ ބަދަލުވެފަ" މިފަދައިން ބުނެފައި ވެއެވެ. ރާޖްސިންގްގެ މިޓްވީޓަށް ވަރަށްގިނަ ގިނަބަޔެއްގެ ސަމާލިކަމަށް އައިސްފައި ވެއެވެ.

އިންޑިޔާ ބަހުން "ނާނީ" ބޭނުންކުރަނީ މާމަޔަށެވެ. އަދި "ގަރު" ބޭނުންކުރަނީ ގެޔަށެވެ. މާނަޔަކީ، ދިވެހިރާއްޖެއަކީ ބޮލީވުޑްގެ ތަރީންގެ މާމަގެ ގެއެވެ. ދޭހަކޮށްދެނީ ގުޅުން ގާތްކަމެވެ.

މީގެ އިތުރުންވެސް، ބޮލީވުޑް ތަރިންގެ ބައެއް ޓްވީޓްތަކާއި ރާއްޖެއާއި ގުޅޭގޮތުން ދައްކާފައިވާ ބައެއް ވާހަކަ މިލިޔުމުގައި ހިމަނާލަމެވެ.

އެންމެން ބޭނުންވަނީ މިތަރިންތަށް ރާއްޖޭގައި ކުރާކަމެއް އެނގިގަންނަން!

ދިޝާ ޕަޓާނީ، އަނަންނިޔާ ޕާންޑޭ އަދި ކިއާރާ އަދްވާނީގެ ފޮޓޯތައް ބަލަން ބޭނުންވާ ފަރާތްތަކަށް

Kiara Advani posted from Maldives,

ތާރާ ސުޓާރިއާ، އާދަރު ޖައިން، އެލީއެވްރަމް، ވަރުން ދަވަން، އަންގަދް ބޭދީ އަދި ނެހާ ދޫޕިއާ ވެސް ނޮވެމްބަރ 2020ގައި ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ