logoEN
cocacola
ޕިކްމީ ރާއްޖެއަށް؟

ޕިކްމީ ރާއްޖެއަށް؟

އަހުމަދު ޝުރާއު

logo

1/6/2021, 3:25:23 AM

IMG_8984

އަވައްޓެރި ސްރީލަންކާގެ މަޝްހޫރު އޮންލައިން ޓެކްސީ ބުކިންގ ހިދުމަތް ، ޕިކްމީ ގެ ހިދުމަތް މާލެގައި ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

ގޮސިޔާ

ޕިކްމީ އިން ރާއްޖެއަށް ސްޕޮންސަރކޮށް ޕޯސްޓެއް ވަނީ ފޭސްބުކަށް ދޫކޮށްލާފައެވެ. އެގޮތުން މި ޕޯސްޓުގައި ޖަހާފައިވަނީ "ހެލޯ މާލެ " އެވެ. މިއާއި އެކު ޕިކްމީ ގެ ހިދުމަތް ރާއްޖެއަށް ތައާރަފްކޮށް ރާއްޖޭގެ ވެރިކަން ކުރާރަށް ، މާލެ ސިޓީގައި މި ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަކަން ވަނީ ކަށަވަރުވެފައެވެ.

ޕިކްމީ އަކި ލަންކާގައި ދިރިއުޅޭ އަދި ލަންކާއަށް ދަތުރުކުރާ ދިވެހިންގެ މެދުގައިވެސް މަޝްހޫރު ހިދުމަތެކެވެ.

ޕިކްމީއަކީ ސްރީލަންކާގައި އެެންމެ މަޝްހޫރު ޓެކްސީ ބުކިންގ ހިދުމަތެވެ. އެގޮތުން ލަންކާގައި ޓެކްސީ ހިދުމަތްދޭ %90 މީހުން އަންނަނީ މިހިދުމަތް ބޭނުންކުރަމުންނެވެ. ޕިކްމީ ވުޖޫދަށް އައި 2014 ވަނަ އަހަރުގައި އެވެ. ޕިކްމީގެ ހިދުމަތް އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރައްވާ ފަރާތްތަކަށް ލިބޭނެއެވެ.

ރާއްޖޭގައި މިވަގުތުވެސް އިތުރު ދެ ކުންފުންޏަކުން އޮންލައިން ޕްލެޓްފޯމުގައި ޓެކްސީ ބުކިންގ ހިދުމަތް ދެމުންދެއެވެ. އެއީ އަވަސް ރައިޑް އަދި ކެބްއެމްވީ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ