logoEN
PNC TOP 3
ގަތަރާއި ސައުދީއާއި ދެމެދު އަލުން ގުޅުން ގާއިމްކުރަނީ

ގަތަރާއި ސައުދީއާއި ދެމެދު އަލުން ގުޅުން ގާއިމްކުރަނީ

އަހުމަދު ޝުރާއު

logo

1/6/2021, 12:04:43 PM

Saudi Arabia's Crown Prince Mohammed bin Salman meets Qatar's Emir Sheikh Tamim bin Hamad al-Thani during the Gulf Cooperation Council's (GCC) 41st Summit in Al-Ula

ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ގަތަރާއި ސައުދީއާއި ދެމުދު ގުޅުން އޮތް ގުޅުން އަލުން ގާއިމްކުރުމަށް ދެ ގައުމުން ނިންމައިފި ކަމަށް އިއުލާންކޮށްފި އެވެ.

PNC MID 2

ކުވައިތުގެ އަމީރު ޝެއިހް ނަވާފް އަލް އަހްމަދު އަލް ސަބާހްގެ އިސްނެންގެވުމާ އެއްގޮތަށް ދެ ގައުމު ދެމެދުގެ ބޯޑަރުތައް ހުޅުވާލަން ހޯމަ ދުވަހުން ފެށިގެން ނިންމާފައިވާ ކަމަށް ކުވޭތުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސަރު މުހައްމަދު އަލް ސަބާހް އެގައުމުގެ ސްޓޭޓް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފައެވެ. މިއާއިއެކު ސައުދީ އަރަބިއްޔާއާއި ގަތަރު ގުޅޭ އެއްގަމު، ވަޔާއި، ކަނޑުގެ ސަރަހައްދީ ރޮނގުތައް ހުޅުވިގެން ދާނެ ކަމަށް މިނިސްޓަރު އަހްމަދު ނަސަރު މުހައްމަދު އަލް ސަބާހް ވަނީ ވިދާޅުވެފައިއެވެ.

ސައުދީއިން ގަތަރާއި އެކު ގުޅުން ޤާއިމުކުރަން ނިންމާފައިމިވަނީ ގަލްފް ކޯޕަރޭޝަން (ޖީސީސީ)ގެ ބައްދަލުވުމެއް ސައުދީގައި ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. މި ބައްދަލުވުމުގައި ބަޙްރެއިން، ކުވެއިތު، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި އެކުވެރި އަރަބި އިމާރާތް ވަނީ ބައިވެރިވެފައެވެ. މި ދެގައުމުގެ މެދުގައި އަލުން ގުޅުންތައް ގާއިމްކުރުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރާނީ ސަމިޓްގެ ހަވާސާގައި ކުރިއަށްދާ ބައްދަލުވުންތަކުގަ އެވެ. ވޭތުވެދިޔަ ތިން އަހަރު ޖީސީސީން ބޭއްވި އެއްވެސް ބައްދަލުވުމެއްގައި ގަތަރުން ބައިވެރިވެފައި ނުވެ އެވެ.

2017 ވަނަ އަހަރު ގަތަރާއި ގުޅުން ކަނޑާލަން ސައުދީއިން ނިންމީ ގަތަރަކީ ޓެރަރިސްޓުންނަށް ވާގިވެރިވާ ގައުމެއް ކަމަށާއި އަދި އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ނަގާލަނީ ގަތަރުން ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް ގަތަރުން މި ހުރިހާ ކަމެއް ވަނީ ދޮގުކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC