
އެއްޖިންސުން ގުޅުން ހިންގުމުގެ ފޮޓޯ ތަކާއި ވީޑިޔޯތައް ލީކްކުރި މީހުން ހާމަވެއްޖެ - ފުލުހުން
IMG_20220627_160834_455
އެއްޖިންސުން ގުޅުން ހިންގުމުގެ ފޮޓޯތަކާއި ވީޑިޔޯތައް ލީކްކުރަމުން ގެންދާ ފަރާތްތަށް ފާހަގަކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން އެސިސްޓެންޓް ކޮމިޝަަރ އޮފް ޕޮލިސް ރިޔާޒް ވިދާޅުވިގޮތުގައި މިއަހަރު މާރޗްމަހުން ފެށިގެން މިފަދަ ކަންކަން ފުލުހުންނަށް ފާހަގަވެގެން ތަހުގީގު ހިންގަމުންދާކަމަށާއި، މިހާރު ވީޑިޔޯއާާއި ފޮޓޯތައް ލީކްކުރަމުންދާ ފަރާތްތަށް ފާހަގަވެފައިވާކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ފުލުހުން އަބަދުވެސް އަމަލުކުރަމުންދާ އިޖުރާއަތްތަކުތެ ތެރެއިން އަމަލުކުރަމުން ގެންދާ ކަމަށެވެ.
ރިޔާޒް އިތުރަށް މައުލޫމާތު ދެއްވިގޮތުގައި މިފަދަ އަމަލުތައް ހިންގުމަކީ ގާނޫނުގައި ބޮޑެތި އަދަބު ކަނޑައެޅިފައި އޮތް ކުށެެއް ކަމަށާއި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އެއަދަބު ދިނުމަށް ނުވަތަ މައްސަލަ ހންގުމަށް ބޭނުންވާ އިތުރު ހެކިތައް ހޯދުމަށް ފުލހުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި މިފަދަ ވީޑިޔޯ ނުވަތަ ފޮޓޯ ނުވަތަ އެއާ ގުޅުން ހުރި ތަކެތި ހުރެއްޖެނަމަ އެފަދަ ތަކެތި ފުލހުންނަށް ފޯރުކޮށްދިނުމަށް ރިޔާޒުވަނީ އެދިފައެވެ.