logoEN
cocacola
ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެެހުން ނުހުއްޓެވުނީ ސެކިއުރިޓީ ބްރީޗެއްގެ ސަބަބުން - ފުލުހުން

ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެެހުން ނުހުއްޓެވުނީ ސެކިއުރިޓީ ބްރީޗެއްގެ ސަބަބުން - ފުލުހުން

7-1655782271443_fjbltj

ޔޯގާ ހަރަކާތް ބޭއްވި ދުވަހު ގަލޮޅު ދަނޑަށް ވަދެ ތަކެއްޗަށާއި އެތާތިބި ފަރާތްތަކަށް ގެއްލުންދިނުން ނުހުއްޓުވުނީ ސެކުއިރިޓީ ބްރީޗެއްގެ ސަބަބުންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން މިގޮތަށް އެއްބަސްވީ މިހާރު ކުރިއަށށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތުދެމުންނެވެ.

ގޮސިޔާ

ފުލުހުން ހާމަކުރެެއްވި ގޮތުގައި ޔޯގާ ހަރަކާތް ބޭއްވުމުގެ ދެތިން ދުވަސްކުރިން މީސްމީޑިޔާގެ ޒަރީޔާއިން އެތަކެއް އިންޒާރުތަށް މި އިވެންޓައި މެދު ލިބެމުން ދިޔަކަަމަށާއި، ނަމަވެސް އެދުވަހު ހިނގި ހަމަނުޖެހުންތަކަކީ އެސަރަހަށްދުގައި ފުލުހުން ތިބި ނަމަވެސް، ހެދުނު މިސްޓޭކެއްގެ ސަބަބުން ހިނގި ކަމެއްކަމަށެވެ. ނަމަވެސް، އެދުވަހު ދަނޑަށް އެމީހުން ވަނުމަށްފަހު ފުލުހުން އެބޭފުޅުންގެ ރައްކާތެރިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅިކަމަށް އެބޭފުޅުން ފާހަގަ ކުރެއްވިއެވެ.

އެގޮތުން އިތުރަށް މައުލޫމާތުދެމުން ފުލުހުން ވިދާޅުވިގޮތުގައި، އެދުވަހުގެ ހަރަކާތުން ދަނޑަށް ވަދެ އަމަލީ ގޮތުން ބައިވެރިވިމީހުން ނޫނަސް، އެހަރަކާތް ރާާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންވެސް ފުލުހުންގެ ހައްޔަރަށް ގެންދެވުނު ކަމަށާއި، އަދި އެކަމުގައި އމަލީ ގޮތުން ބައިވެރިވެ، ދަނޑުގައި ތިބި ބޭފުޅުންނަށާއި ތަކެއްޗަށް ގެއްލުންދިން ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަށް އަދިވެސް ހައްޔަރު ނުކުރެވޭ ކަމަށެވެ.

ފުލުހުން ފާހަގަ ކުރެއްވިގޮތުގައި އެދުވަހު ދެވުނު ހަމަލާތަކަކީ ދުނިޔޭގައި ރާއްޖޭގެ އަގު ވައްޓާލައި ބަދުނާމު ކުރުމަށްވެސް ކުރެވުނު މަސައްކަތެއްކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ