logoEN
ޕީއެންސީ 2
ސިތާނާ ސްޓޯރގެ އަހަރީ ސޭލް ވިލިނގިލީ ގައި

ސިތާނާ ސްޓޯރގެ އަހަރީ ސޭލް ވިލިނގިލީ ގައި

އަހުމަދު ޝުރާއު

logo

1/6/2021, 1:11:46 PM

134140641_3580860812005331_2984505292927303749_o

ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ސިތާނާ ސްޓޯރގެ އަހަރީ ސޭލް ގއ.ވިލިނގިލީ ގައި ފަށައިފި އެވެ.

ޝަރީ 2024

ބޮޑެތި ޑިސްކައުންޓުތަކާއި އެކު ފެށި ސިތާނާ ސްޓޯރގެ އަހަރީ ސޭލް ކުރިއަށް ގެންދަން ނިންމާފައިވަނީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ގއ. ވިލިނގިލީ އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މިއީ ސިތާނާ ސްޓޯރ އިން މި ސޭލް ކުރިޔަށް ގެންދާ ދެވަނަ އަތޮޅެވެ. ސިތާނާ ސްޓޯރުން ވަނީ ޏ. ފުވައްމުލުގައިވެސް މި ސޭލް މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންގޮސްފައެވެ.

މިސޭލުގައި އަތޮޅުގެ އެހެން ރަށްރަށުން އަންނަ ފަރާތްތަކަށް ވަނީ ބޮޑެތި ޑިސްކައުންޓުތަކެއް ދިނުމަށް ހަމަޖެހިފައެވެ. އެގޮތުން ވިލިނގިލި ފިޔަވައި އެހެން ރަށްރަށުން އަންނަ ކަސްޓަމަރުންގެ ތެރެއިން 1000 ރުފިޔާއަށްވުރެ ގިނައިން ވިޔަފާރި ކުރާ ކޮންމެ ވިޔަފާރި އަކަށް 1 ކޮޅު ފެރީ ޓިކެޓް މުޅިން ހިލޭ ދިނުމަށްވެސް ވަނީ ހަމަޖެހިފައިއެވެ. އަދި ފަސޭހަ ކަމާއެކު ސޭލް ގައި ބައިވެރިވެވޭނެ ގޮތަށް 7 ވަނަ ދުވަހު އެމްޓީސީސީގެ ފެރީގައި ސޭލަށް ވަޑައިގަންނަވާ ކަސްޓަމަރުންނަށް ހެނދުނު 9 އަކުން 11 އަށް ޙާއްސަ ގަޑިއެއް ވަނީ ކަނޑައަޅާފައެވެ.

ސިތާނާ ސްޓޯރަކީ ފުވައްމުލަކާއި ގދ. އަތޮޅު އަދި ގއ އަތޮޅުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ވިޔަފާރިއެކެވެ. އަދި ކޮންމެ އަހަރެއްގައި އެކި އަތޮޅު ތަކުގައި މި ސޭލް ކުރިޔަށްގެންދާއިރު މި ދިޔައަހަރުގެ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ސޭލްތަށް ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އެގޮތުން އޮންލައިންކޮށް ވިޔަފާރި ކުރުމުން އެސްޓޯރުގެ އެޖެންޓުން ލައްވާ ގޭގެ އަށް ޑެލިވެރީގެ ޙިދުމަތް މިދިޔަ އަހަރު ސިތާނާ ސްޓޯރުން ވަނީ ފޯރުކޮށް ދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ