އިންތިހާބު ބާއްވަން ގާނޫނު އަސީސީއަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތައްޔާރުވަނީ

ލޯކަލް ކައުންސިލް އިންތިހާބު އަވަހަށް ބޭއްވުމަށްޓަކައި ގާނޫނު އަސީސާއަށް ބަދަލުގެނައުމަށް ދައުރުން ބޭރުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގެ ނޫހެއް ކަމުގައިވާ ރާއްޖެ އެމްވީއިން ރިޕޯޯޓުކޮޮށްފައިވާ ގޮތުގައި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަނީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީއިންނެވެ. އެގޮތުން އެނޫހަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެފައިވާގޮތުގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ކަނޑައެޅިފައިވާ ތާރީހަށް ބޭއްވުމަށް، ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށާއި އެގޮތުން އެކަން ކުރެވެން އޮތީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ކަމަށާއި މިހާރު އެކަމާ މަޝްވަރާ ކުރަމުންދާއިރު، ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އަދި ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް މި މަހުގެ ތެރޭގައި ޖަލްސާ ބާއްވާނެ ކަމަށް އަލީ އާޒިމް އާއި ހަވާލަދީ ރާއްޖެ އެމްވީއިން ވަނީ ރިޕޯޓުކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެއްސި ތާރީހަކި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހެވެ. އެހެންނަމަވެސް ރާއްޖެއިން ކޮވިޑް-19 އަލާމަތްތައް ފެނުމުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ އިއުލާންކުރުމާއި ގުޅިގެން ކައުންސިލް އިންތިހާބު ފަސްކުރުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އޭރު ނިންމާފައެވެ. އަދި މަޖިލީހުންވެސް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިހާބު ފަސްކުރި ގާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހަކީ އިންތިހާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީހުކަމަށް މަޖިލީހުން ވަނީ ކަނޑައަޅާފައިއެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރި 3 އަށް އިތުރުކުރުމުން އިލެކްޝަނުން ވަނީ މާޗް މަހުގައި ވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނެފައެވެ.

ކައުންސިލް އިންތިހާބު އަވަހަށް ބާއްވަން ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ މިހާރު އެކަން ކުރުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައިވަނީ ބުނެފައިއެވެ. އަދި ކައުންސިލް އިންތިހާބު ބޭއްވުމުގައި ދިމާވަމުން އަންނަ ހުރަސްތަކާ ގުޅިގެން ގާނޫނު އިސްލާހު ކުރުމަށް އިލެކްޝަން ކޮމިޝަނުން ވެސް ވަނީ ގޮވާލާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް