ގްރޫޕު ސްޓޭޖުގެ ފަހު މެޗުން މޮޅުވެ ނޯޗޮއިސް ސެމީ ފައިނަލަށް

ހަވަރު ޔޫތް ކަޕްގެ ގްރޫޕް B ގެ ފަހު މެޗުން މޮޅުވެ ސެމީ ފައިނަލްގެ ފަހު ޖާގަ އެފްސީ ނޯޗޮއިސް އިން ހޯދައިފި އެވެ.

މިއަދު ހަވީރު ތިނަދޫ ރަސްމީ ފުޓްބޯޯޅަ ދަނޑުގައި މަޑެވެލި އެފްސީ ގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައި ނޯޗޮއިސް ސެމީ ފައިނަލަށް ދަތުރުކުރުމާއި އެކު މުބާެރާތުގެ ސެމީ ފައިނަލްގައި ވާދަކުރާނެ ޓީމުތަށް މިވަނީ ޔަގީން ވެފައެވެ. ގްރޫޕް B އިން ސެމީ ފައިނަލްގެ ދެވަނަ ޖާގަ ހޯދީ ގްރޫޕްގެ ދެވަނައިގައި އޮތް ޓީމް ފީނިކްސް އެވެ. ނޯޗޮއިސްއަށް މިއަދުގެ މޮޅާއި އެކު ޖުމުލަ 5 ޕޮއިންޓް ލިބިފައިވާއިރު ފީނިކްސްއަށް ލިިބިފައިވަނީ 4 ޕޮއިންޓެވެ. ގްރޫޕްގެ 3 ވަނައިގައި ނޮތާން ސްޓާރ އޮތް އިރު މަޑަވެލި އެފްސީ އޮތީ ގްރޫޕުގެ ފުލުގައެވެ.

މިއަދުގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓްކޮށްގެން ކުޅުނީ ނޯޗޮއިސް އިންނެވެ. މަޑަވެލި އެފްސީއިން ފުރަތަމަ ހާފުގައި ގޯލާއި އަމާޒުކުރެވުނީ މަދުބޯޅަ ތަކެކެވެ. ފުރަތަމަ ހާފުގައި އޭރިއާ ތެރެއިން ކުރި ފައުލްއަކާއި ގުޅިގެން ނޯޗޮއިސްއަށް ލިބުނުޕެނަލްޓީއިން ނޯޗޮއިސްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ޖާޒީ ނަމްބަރު 15 ، އަހުމަދު ޒައީދު އެވެ.

ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ފެނިގެންގޮސްފައިވަނީ މޮޅު ކުޅުމެކެވެ. އެގޮތުން ދެވަނަ ހާފުގައި ގިނަ ހަމާލަތަކެއް މަޑަވެލި ޓީމުން ވަނީ ގޯލަށްއަމާޒުކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގައި ނެގި ކޯނަރަކުން ނޯޗޮއިސްއަށް ދެވަނަ ގޯލަ ކާމިޔާބު ކޮށްދިނީ މިގްދާދް ސައީދު އެވެ. މާގިނަ އިރުތަކެއްނުވަނީސް މަޑަވެލި އެފްސީއިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ލިބުނު ފްރީކިކަކުން މި ގޯލު ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖޯޒީ ނަންބަރު 11 ،އަހުމަދުއައިމަން އެވެ.  މިގޯލަށް ފަހު ކުޅުން ރަނގަޅުކޮށް ނޯޗޮއިސް އަށް 3 ވަނަ ގޯލު ޖަހައިދިނީ ހަސަން ސުޖާއު އެވެ.

މިމެޗުގެ މޭން އޮފްދަ މެޗުކަން ލިބިފައިވަނީ ނޯޗޮއިސްގެ ޖާޒީ ނަންބަރު 10 ، މިގްދާދް ސައީދުއެވެ.

މުބާރާތުގެ ގްރޫޕް A އިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ކާޑެއްދޫ އެފްސީ އަދި ހޯނޑެެއްދޫ އެފްސީ އެވެ. ކާޑެއްދޫއިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެެހިފައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް