logoEN
ކޮކާކޯލާ
ތިނަދޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަނީ

ތިނަދޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަނީ

އަޙްމަދު ޖަމީލު

logo

1/5/2021, 10:01:09 AM

Fenaka MD

އަންނަ މޭމަހުގެ ކުރިން ގދ. ތިނަދޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އަބުޅޯ

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ތިނަދޫ ކަރަންޓުގެ ހާލަތަކީ ހައްލު ކުރަން އެންމެ އުނދަގޫ އެއް މައްސަލަ ކަމަށާއި ނަމަވެސް އެރަށުގެ ކަރަންޓުގެ ހާލަތަށް ވަގުތީ ގޮތުން ހައްލެއް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި ތިނަދޫގެ ކަރަންޓުގެ ހާލަތު އޮތީ ވަރަށް ނާޒުކު ކޮށް ކަމަށެވެ. އެގޮތުން އެ ރަށުގެ ކަރަންޓުގެ މައްސަލައަށް މި އަންނަ މޭމަހުގެ ކުރިން ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ގދ. ތިނަދޫގެ ކަރަންޓުގެ މައްސަލައަކީ އެރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭތީ ރަށުގެ ރައްޔިތުން އެކަމުގެ ކަންބޮޑުވުން އަބަދުވެސް ފާޅުކުރެއެވެ.

ތިނަދޫ ކަރަންޓުގެ މައްސަލަ އެންމެ ފަހުން ފެންމަތިވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ތިނަދޫން ކަރަންޓު ކެނޑުމަށްފަހު އަލުން އަނބުރާ ކަރަންޓު ދިނުމަށް ދެ ދުވަސް ހޭދަވުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ