އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގެ އުސޫލާ ހިލާފަށް ގއ. މާމެންދުއަށް އެރި އެ އަތޮޅު ނިލަންދޫ މީހަކު ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ، ގއ. މާމެންދުއަށް ކަރަންޓީންގެ އުސޫލާ ހިލާފަށް އެރި މީހަކު ޖޫރިމަނާކޮށް، ފުލުހުންގެ އެހީތެރިކަމާއެކު މިރޭގެ ވަގުތެއްގައި އޭނާ ނިލަންދުއަށް ގެންގޮސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެމީހާ މާމެންދުއަށް ފޭބީ، ނިލަންދުއަށް ދިއުމުގެ ދަތުރުމަތީގައި، އެރަށަށް ޖެއްސުމުން ފިހާރައަކަށް ދިއުމަށެވެ. ނަމަވެސް ފިހާރައަށް ގޮސްފައި އެނބުރި އައި އިރު ބޯޓު ފުރާފައިވުމުން އެމީހާ މާމެންދޫގައި ތާށިވީއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އާންމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުން ހާއްސަ ހުއްދައަކާއެކު ފިޔަވައި މާލެއިން އަތޮޅުތެރެއަށް ދާ މީހުން ދިހަ ދުވަހަށް ކަރަންޓީންވާން ޖެހެއެވެ.