logoEN
cocacola
 މިއީ ދިރިއުޅެން އެންމެ އަގުހެޔޮ 5 ޤައުމު

މިއީ ދިރިއުޅެން އެންމެ އަގުހެޔޮ 5 ޤައުމު

8063EA9E-6060-4CD7-B0A2-6F6F15F074EF

ނުލިބޭ އާމްދަނީޔަކަށް ބަރޯސާވެ، މުސްކުޅި މާމަޔާއި ކާފަޔަށް ލިބޭ ލާރިކޮޅުވެސް ބޭނުންކޮށްގެން ގޭކުލި ދައްކައިގެން ކުޑަ ކޮޓަރިގަނޑެއްގައި ދަތި ހާލުގައި މާލެފަދަ ތަންތަނުގައި ދިރިއުޅުމުގެ ބޭނުމެއް ނެތެވެ. ދުނިޔެއަކީ ކޮންމެ މީހަކަށްވެސް ހުޅުވާލެވިފައިވާ ތަނެކެވެ. މިގޮތުން މިލިޔުމުގައި ދިރިއުޅެން އެންމެ އަގުހެޔޮ 5 ޤައުމެއްގެ މަޢުލޫމާތު ހިމަނާލަމެވެ.

ގޮސިޔާ

އިންޑޮނޭޝިޔާ

undefined

340 ޑޮލަރު މަހެއްގެ މައްޗަށް ޚަރަދުކޮށްގެން ދިރިއުޅެން އެންމެ އަގުހޮޔޮ ދިރިއުޅެވޭ ޤައުމަކަށް އިންޑޮނޭޝިޔާ ވެގެންދެއެވެ. އިންޑިޔާ އަދި ޕެސިފިކް ކަނޑުގެ ދެމެދުގައި އޭޝިޔާ ބައްރުގެ ދެކުނު އިރުމަތީގައި އިންޑޮނޭޝިޔާ އުފެދިފައި ވެއެވެ. 17000 ސަތާރަ ހާސް ރަށްތަކުގެ މައްޗަށް ބެހިގެންވާ އިންޑޮނޭޝިޔާ ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ ކުދި ޖަޒީރާ ރަށްތަށް ގިނަ ޤައުމަށެވެ. އާބާދީގައި 264 މިލިޔަން މީހުން އިންޑޮނޭޝިޔާގައި ވާއިރު އިންޑޮނޭޝިޔާ ވެގެންދަނީ ދުނިޔޭގެ ނިސްބަތުން 4 ވަނަޔަށް އެންމެ އާބާދީ ބޮޑު ޤައުމަށެވެ. އިންޑޮނޭޝިޔާގެ ބައެއް ހިސާބުތަށް ކަމުގައިވާ ބާލީ އަދި ޖަކާޓާ ފަދަ ހިސާބުތަކުގައި ދިރިއުޅުމުގެ ޚަރަދު ބޮޑުކަން ފާހަގަކުރެވެއެވެ. ނަމަވެސް އިންޑޮނޭޝިޔާގެ ބައެއް ކަހަލަ ހިސާބުތަށް ކަމުގައިވާ، ލޮމްބަކުގެ ސެންގިގީ ގައި އެކޮމޮޑޭޝަން އާއެކު ދިރިއުޅުމުގެ ޚަރަދުތައް މަހަކު 340 ޑޮލަރު ޚަރަދުކޮށްގެން ދިރިއުޅެވިދާނެއެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓެއް 142 ޑޮލަރަށް މަހަކު ލިބޭއިރު، ހޮޓެލްތަކުން ރެއަކަށް 12 ޑޮލަރަށް ކޮޓަރިއެއް ކުއްޔަށް ލިބެއެވެ. ބައެއްކަހަލަ ތަކެތީގެ ތެރޭގައި 0.71 ޑޮލަރަށް ކޮފީއެއް ލިބޭއިރު، ކުރުބާއެއްގެ އަގު 0.10 ޑޮލަރަށް ލިބެއެވެ. އަދި އެއް އިރު ކެއުމުގެ އަގަށް އަރަނީ އެންމެ 1.71 ޑޮލަރެވެ.

ބޮލިވިޔާ

undefined

ފަރުބަދަތަކުން ވަށާލެވިފައިވާ ދެކުނު އެމެރިކާގެ ހުޅަނގުގައި ވަކިން އޮންނަ ބޮލިވިޔާ މަހެއްގެ މައްޗަށް 431 ޑޮލަރަށް ދިރިއުޅެވެއެވެ. 1,098,581 ސްކެއާ ކިލޯމީޓަރަށް ފެތުރިފައިވާ ބޮލިވިޔާގެ ބިމުގައި 11.05 މިލިޔަންގެ އާބާދީއެއް ދިރިއުޅެއެވެ. ތަފާތު އެތަށް ނަސްލުގެ މައްޗަށް ބިނާވެފައިވާ ބޮލިވިޔާގައި، އެމިރިކަން އިންޑިއަން، އެމެރިކާ މީހުން، އޭސިޔާގެ ތަފާތު ނަސްލުގެ މީހުންގެ އިތުރުން ޔޫރަޕް އަދި މެސިޓިޒޮސް ނަސްލުގެ މީހުން ދިރިއުޅެއެވެ. ބޮލިވިޔާ އަކީ ދެކުނު އެމެރިކާގެ 5 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމު ކައުމުގައި ވާއިރު، މިއީ ދުނިޔޭގެ ނިސްބަތުން 27 ވަނައަށް އެންމެ ބޮޑު ޤައުމެވެ. ބޮލިވިޔާގެ ގިނަ މީހުން ވާހަކަ ދައްކާ ބަހަކީ ސްޕެނިޝް ބަސް ކަމުގައި ވީނަމަވެސް އިތުރު 36 ބަހަކުން ބޮލިވިޔާ މީހުން ވާހަކަ ދައްކައެވެ. 1 ކޮޓަރީގެ އެޕާޓްމަންޓެއް، ބަދިގެ، ސިޓިންގރޫމް އަދި ފާޚާނާ ހިމެނޭގޮތަށް މަހު ކުއްޔަށް 145 ޑޮލަރަށް ބޮލިވިޔާއިން ލިބެއެވެ. އަދި އެއަރ ބީއެންބީ އިން ކޮޓަރިއެއް ރެޔަކަށް 23 ޑޮލަރަށް މިޤައުމުން ލިބއެވެ. މީގެ އިތުރުން ކޮފީއެއް 1 ޑޮލަރަށް ލިބޭއިރު، އާދައިގެ ކެއުމެއް އިރަކަށް 2 ޑޮލަރުން ކެވެއެވެ.

ނޭޕާލް

undefined

ނޭޕާލް އުފެދިފައިވަނީ، ދެކުނު އުތުރު އޭޝިޔާގެ ހިމާލެޔާގެ ފަރުބަދަތައް ނިމޭހިސާބު އަދި އިންޑޯ ގެންގަޓިކް ޕްލެއިންއަށް އެއްބައި އަރާގޮތަށެވެ. މިޤައުމުގައި މަހު ކުއްޔަށް 450 ޑޮލަރު ޚަރަދުކޮށްގެން ދިރިއުޅެވިދާނެއެވެ. ބިމުގެ އޭރިޔާ 147,181 ސްކެއާ ކިލޯމީޓަރު ހުންނަ ނޭޕާލުގައި 29.3 މިލިޔަން މީހުން ދިރިއުޅެއެވެ. ބިމުގެ ގޮތުން ބަލާއިރު، ނޭޕާލަކީ ދުނިޔޭގެ ނިސްބަތުން 93 ވަނައަށް ދުނިޔޭގެ އެންމެ ބިންބޮޑު ޤައުމެވެ. އާބާދީގެ ގޮތުން ބަލާއިރު ނޭޕާލަކީ ދުނިޔޭގެ ނިސްބަތުން 48 ވަނައަށް އެންމެ އާބާދި ބޮޑު ޤައުމެވެ. ނޭޕާލް އިން ޗައިނާ އަދި އިންޑިޔާ ދެޤައުމު ބޯޑަރު ހިއްސާކުރެއެވެ. ނޭޕާލުގައި ދިރިއުޅުމަށް އަގުހެޔޮ ސިޓީތަކުގެ ތެރޭގައި ހިމެނޭ ޕޮކާރާ ސިޓީ އިން 1 ކޮޓަރީގެ އެޕާޓްމަންޓެއް، ބަދިގެ، ސިޓިންގރޫމް އަދި ފާޚާނާ ހިމެނޭގޮތަށް މަހު ކުއްޔަށް 164 ޑޮލަރަށް ލިބޭއިރު، އެއަރ ބީއެންބީ އިން ކޮޓަރިއެއް ރެޔަކަށް 23 ޑޮލަރަށް ލިބެއެވެ. ނޭޕާލުން ކޮފީއެއްގެ އަގު 0.73 ޑޮލަރަށް ލިބޭއިރު، 2.08 ޑޮލަރަށް 1 އިރު ކެވެއެވެ.

ވިއެޓްނާމް

undefined

ދުރުގައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދިރިއުޅުމަށް އެންމެ އަގުހެޔޮ ޤައުމުތަކުގެ ތެރޭގައި ވިއެޓްނާމް ހިމެނޭއިރު، މުޅިމަހަށް 500 ޑޮލަރުން މިޤައުމުގައި ދިރިއުޅެވެއެވެ. އޭސިޔާގެ ދެކުނު އިރުމަތީގެ އެންމެ އިރަށް އޮންނަ ވިއެޓްނާމް އޮންނަނީ އިންޑޯ ޗައިނީސް ޕެނިންސިއުލާ ގައެވެ. އަދި ވިއެޓްނާމް ޗައިނާ، ލާއޯސް އަދި ކެމްބޯޑިޔާގެ ބޯޑަރު ހިއްސާކުރެއެވެ. ނޭޕާލުގެ ބިމުގެ އޭރިޔާ 331, 212 ސްކެއާ ކިލޯމީޓަރަށް އަރާއިރު، އާބާދީގައި 95.5 މިލިޔަން މީހުން ދިރިއުޅެއެވެ. މިޤައުމުގެ ވެރިކަންކުރާ ސިޓީ އަކީ ހެނޯއީ އެވެ. ނަމަވެސް ވިއެޓްނާމްގެ އެންމެ އާބީ ބޮޑު ސިޓީތަކުގެ ތެރޭގައި ހޫޗީ މިންހް ސިޓީ ހިމެނިގެން ދެއެވެ. ވިއެޓްނާމްގައި ދިރިއުޅެން ބޭނުންނަމަ ދިރިއުޅެން އެންމެ އަގުހެޔޮ ސިޓީތަކުގެ ތެރޭގައި ހިމެނޭ ސިޓީތަކުގެ ތެރޭގައި ނާހް ޓްރަންގ ވެގެންދެއެވެ. މިސިޓީއިން މަހު ކުއްޔަށް 1 ކޮޓަރީގެ އެޕާޓްމަންޓެއް، 259 ޑޮލަރަށް ލިބޭއިރު، އެއަރ ބީއެންބީ އިން ކޮޓަރިއެއް ރެޔަކަށް 24 ޑޮލަރަށް ލިބެއެވެ. މިޤައުމުގައި ކޮފީއެއް 0.58 ޑޮލަރަށް ލިބޭއިރު، ކެއުން ބޭރުން އިރަކަށް 1.73 ޑޮލަރަށް ކެވެއެވެ.

އާޖެންޓީނާ

undefined

މިޤައުމުގައި އެކަކަށް ސިންގަލް އެކަމަޑޭޝަންގައި އެހެނިހެން ޚަރަދުތަކާއެކު މަހެއްގެ މައްޗަށް 542 ޑޮލަރަށް ދިރިއުޅެވިދާނާއެވެ. ދެކުނު އެމެރިކާގެ ދެކުނުގެ އެއްބައިގައި އޮންނަ އާޖެންޓީނާ އަކީވެސް ސްޕެނިޝް ބަހުން ވާހަކަ ދައްކާ ޤައުމެކެވެ. އާޖެންޓީނާއިން ބޯޑަރު ހިއްސާކުރާ ޤައުމުތަކުގެ ތެރޭގައި، ޗިލީ، ބޮލިވިޔާ، ޕެރެގުއޭ، ބްރެޒިލް، އުރުގުއޭ ހިމެނެއެވެ. މީގެ އިތުރުން ދެކުނު އެޓްލާންޓިކް ކަނޑުގެ ބޯޑަރު އަދި ޑްރޭކް ޕެސޭޖްގެ ބޯޑަރުވެސް އާޖެންޓީނާއިން ހިއްސާކުރެއެވެ. މިއީ ދުނިޔޭގެ ނިސްބަތުން 8 ވަނައަށް އެންމެ ބޮޑު ޤައުމަށް ވާއިރު، ބްރެޒިލް އަށްފަހު ދެވަނައަށް އެންމެ ބޮޑު ޤައުމެވެ. ބިމުގެ އޭރިއާގައި 2,780,400 ސްކެއާ ކިލޯމީޓަރު ހުންނަ އާޖެންޓީނާގެ އާބާދީގައި ގާތްގަނޑަކަށް 44 މިލިޔަން މީހުން ދިރިއުޅެއެވެ. އާޖެންޓީނާގެ ސިޓީއެއް ކަމުގައިވާ ސަލްޓާގައި، 1 ކޮޓަރީގެ އެޕާޓްމަންޓެއް 100 ޑޮލަރަށް ލިބެއެވެ. އަދި ހޮޓާ ގެސްޓް ހައުސް ފަދަ ތަންތަނުން ކޮޓަރިއެއް އަހަރުގެ ދުވަސްތަކަށް ބަލާއިރު ގާތްގަނޑަކަށް ރެޔަކަށް 27 ޑޮލަރަށް ލިބެއެވެ. ކޮފީއެއް 0.55 ޑޮލަރަށް ލިބޭއިރު، ބޭރުން އިރަކަށް 1.70 ޑޮލަރަށް ކެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ