logoEN
ޕީއެންސީ 2
އެންމެ ފަހުން ކުށް ގަބޫލުކޮށް ޝިފާ މާފަށް އެދިއްޖެ

އެންމެ ފަހުން ކުށް ގަބޫލުކޮށް ޝިފާ މާފަށް އެދިއްޖެ

އައިޝަތު އިފާޝާ

logo

6/15/2022, 11:52:43 AM

B86FF77B-ACAF-4346-B2B6-5AF8904C6692

ޓިކްޓޮކްގައި މަޝްހޫރު މަރިޔަމް ޝިފާ އިތުރު އަންހެނަކާއެކު ފާހިޝްއަމަލު ހިންގި ވީޑިއޯތަކެއް މީސްމީޑިއާގައި އާންމުވެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވުމާއި ގުޅިގެން ޝިފާ މާފަށް އެދިއްޖެއެވެ.

ޝަރީ 2024

ޝިފާ މާފަށް އެދިފައި މިވަނީ ފޭސްބުކްގައި ޝިފާގެ ޕޭޖެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ޕޭޖެއްގައި ކުރި ޕޯސްޓެއްގައެވެ. އެޕޯސްޓުގައި ބުނެފައިވަނީ އޭނާގެ ކުށަށް އެންމެންގެ ކިބައިން މާފަށް އެދޭ ކަމާށާއި، އޭނާގެ އެއަމަލުތަކުގެ ސަބަބުން ގިނަ ބަޔަކު ދެރަވިކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

އިތުރަށް ބުނެފައިވާ ގޮތުގައި، އެއްޖިންސުން ގުޅުން ހިންގުމަށް ސަޕޯޓުކުރުމުގެ ގޮތުން ބޭނުންކުރާ ރެއިންބޯ ކުލަ އަކީ އޭނާ ތާއީދު ކުރާ ކަމެއް ނޫންކަމަށެވެ. އަދި އެކަމަކީ އޭނާ ރުޅިއައުމުގެ ސަބަބުން ކުރެވުނު ކަމެއް ކަމަށެވެ. އަދި އެކަމަކީ އެއްވެސް މީހަކު ދެރަކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫންކަމަށެވެ.

އޭނާއަށް ކުށްތަކެއް ކުރެވިފައިވާ ކަމަށާއި، އެކުށްތަކާއި އަމަލުތަކަށް ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށެވެ. އަދި ހެޔޮލަފާ ރަނގަޅު މީހަކަށް ވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް މި ޕޭޖަކީ ފޭސްބުކް ވެރިފައި ވެފައިވާ ޕޭޖެއް ނޫނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ