logoEN
cocacola
ދަނޑުވެރިކަން ކުރުމަށް ސްރީލަންކާގެ ސަރުކާރު މުވައްޒަފުންނަށް އިތުރު ބަންދު ދުވަހެއް

ދަނޑުވެރިކަން ކުރުމަށް ސްރީލަންކާގެ ސަރުކާރު މުވައްޒަފުންނަށް އިތުރު ބަންދު ދުވަހެއް

އައިޝަތު އިފާޝާ

logo

6/15/2022, 11:00:57 AM

Sri_Lankan_farmer_AP_650_1 copy

ކާބޯތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި، ކާބޯތަކެތި ހެއްދުމަށް ބާރުއެޅުމުގެ ގޮތުން ސްރީލަންކާއިން ދަނީ ސަރުކާރުގެ އޮފިޝަލުންނަށް ހަފްތާއަކު އިތުރު ބަންދު ދުވަހެއް ދޭން ނިންމައިފިއެވެ.

ގޮސިޔާ

ސްރީލަންކާއަށް ބޭރު ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާއިރު، ކާބޯތަކެއްޗާއި، ތެލާއި، ބޭސް ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށް ފައިސާ ދެއްކުމަށް ސްރީލަންކާއަށް ދަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

އެގައުމުގައި ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުންގެ އަދަދު މިލިއަނަކަށް އަރައެވެ. އެގޮތުން އެގައުމުގެ ސަރުކާރުން ވަނީ، ސަރުކާރު ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކުރިއަށް އޮތް ތިން މަސްދުވަހަށް ކޮންމެ ހުކުރު ދުވަހު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އަދި މި ނިންމުމަކީ ތެލުގެ ދަތިކަމުގެ ސަބަބުން ވަޒީފާ އަދާކުރުމަށް ދަތިވެފައިވާ މަސައްކަތްތެރިންނަށް އެހީތެރިވުމުގެ އިތުރުން، އަމިއްލަ ނަފްސާއި އާއިލާތަކަށް ކާންދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން މޭވާއާއި ތަރުކާރީ ހެއްދުމަށް ބާރުއެޅުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބުނެފައިވެއެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ތައްޔާރަށް އޮތް ކަމުގައި އެމެރިކާއިން ވަނީ މިދިޔަ ހޯމަދުވަހު ބުނެފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއެކު ކުރެއްވި ފޯނު ކޯލަކަށްފަހު އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ ސްރީލަންކާއާއެކު މަސައްކަތް ކުރުމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ