


.jpeg?w=3840&q=75)





62a61e336053710019e9df86 copy
ނެޓްފްލިކްސް އިން އެކުންފުނީގެ އެންމެ މަގުބޫލު ސީރީޒް ކަމަށްވާ ސްކުއިޑް ގޭމްގެ ރިއަލިޓީ ޓީވީ ޝޯވއެއް، 4.56 މިލިއަން ޑޮލަރުގެ އިނާމަކާއެކު ބާއްވަން ނިންމައިފިއެވެ.
ނެޓްފްލިކްސް އިން ރިއަލް-ލައިފް ސްކުއިޑް ގޭމް ރިއަލިޓީ ޝޯވއެއް ބާއްވަން ނިންމާފައިވީ ނަމަވެސް ދެކުނު ކޮރެއާގެ ޑައިސްޓޮޕިއަން ޑްރާމާގައި ދައްކުވައިދޭ ފަދައިން ރިއަލިޓީ ޝޯވ ގައި ފުރާނައަށް ނުރައްކާވާނެ ފަދަ ކަމެއް ނުހިނގާނެއެވެ.
ސްކްއިޑް ގޭމް ރިއަލިޓީ ޝޯވ ގައި އުމުރުން 21 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. އެމީހަކީ އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ މީހެއް ކަމަށާއި، 2023 ވަނަ އަހަރު ކުރީކޮޅު 4 ހަފްތާވަންދެން ޝޯވގެ ޝޫޓިންއަށް ދެވޭނެ މީހަކަށް ވާން ޖެހޭނެ ކަމަށް ނެޓްފްލިކްސް އިން ބުނެއެވެ.
މި ޝޯވގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 456 މީހަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.



.jpeg?w=3840&q=75)
