logoEN
cocacola
މަންކީޕޮކްސް އަށް އައު ނަމެއް ދެނީ

މަންކީޕޮކްސް އަށް އައު ނަމެއް ދެނީ

އައިޝަތު އިފާޝާ

logo

6/15/2022, 8:00:25 AM

265365-monkeypox-1 copy

ތަޖުރިބާކާރުންނާ ގުޅިގެން "މަންކީޕޮކްސް" އަށް އާ ނަމެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

ގޮސިޔާ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިހެން ބުނެފައިމިވަނީ، މިދިޔަ ހަފްތާގައި 30 އަށް ވުރެ ގިނަ ސައިންސްވެރިން މަކުނު ވިދުރީގެ ނަން ބަދަލުކުރުމަށް ހުށަހަޅާފައިވުމާއި ގުޅިގެންނެވެ. އެގޮތުން ވަކި އެއްޗަކަށް ނުވަތަ ވަކި ބަޔަކަށް ނިސްބަތްނުވާފަދަ ނަމެއް ދިނުމުގެ މަސައްކަތް ކުރުމަށް ސައިންސްވެރިން ވަނީ ލަފާދީފައެވެ.

ފާއިތުވި ހަފްތާތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1600 އެއްހާ މީހުންނަށް މަކުނު ވިދުރި ޖެހިފައިވާކަމަށް ރެކޯޑްކުރެވިފައިވާއިރު، މަކުނު ވިދުރި ޖެހިގެން މިހާތަނަށް 72 މަރު ރިޕޯޓުކޮށްފައިވެއެވެ.

12 ޖޫންގެ ނިޔަލަށް އިންގްލެންޑުން 452 މީހުން، ސްކޮޓްލެންޑުން 12 މީހުން، ނޮދަން އަޔަލެންޑްގައި 2 މީހުން އަދި ވޭލްސްގައި 4 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނީ މި ރޯގާއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ގެ ގޮތުގައި ދަރަޖަކުރުމަށް އަންނަ ހަފްތާގައި ކުއްލި ބައްދަލުވުމެއް ބާއްވާނެކަމަށެވެ.

މީގެ ކުރިން ބައިނަލްއަގުވާމީ ފެންވަރުގައި ކުއްލި ނުރައްކަލުގެ ހާލަތު ގެނެސްފައިވަނީ، ސްވައިން ފްލޫ، ޕޯލިއޯ، އެބޯލާ، ޒިކާ އަދި ކޮވިޑް-19 އެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ އިސްވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސޫސް ވިދާޅުވީ މަކުނު ވިދުރި ފެތުރެމުންދާ ހަލުވި މިނަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ