logoEN
cocacola
ސްރީލަންކާއަށް އެހީވުމަށް ބޭރުގެ ގައުމުތަކުން ދެކޮޅު ހަދާ ކަމަށް ދެކެވޭ ވާހަކަ ނަޝީދު ދޮގުކުރައްވައިފި

ސްރީލަންކާއަށް އެހީވުމަށް ބޭރުގެ ގައުމުތަކުން ދެކޮޅު ހަދާ ކަމަށް ދެކެވޭ ވާހަކަ ނަޝީދު ދޮގުކުރައްވައިފި

އައިޝަތު އިފާޝާ

logo

6/14/2022, 8:11:30 PM

majlis-nasheed-raees-1

ސްރީލަންކާއަށް އެހީވުމަށް ހުށަހެޅި ހުށަހެޅުންތަކަށް ބޭރުގެ ގައުމުތަކުން ދެކޮޅު ހަދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފި އެވެ.

ގޮސިޔާ

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އެގައުމުގެ އިގްތުސޯދީ ހީނަރުކަމުން އަރައިގަތުމަށް ބޭރުގެ ގައުމުތަކާ ގުޅިގެން އެހީގެ މަސައްކަތް ކުރުމުގެ މެދުވެރިއަކަށް ރައީސް ނަޝީދު ވަނީ އައްޔަންކުރައްވާފައެވެ.

ބޭރުގެ ގައުމުތަކާ ގުޅުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްރީލަންކާގެ އިދިކޮޅު މެމްބަރު ހަރްޝާ ޑި ސިލްވާ މީޑިއާއަށް ވިދާޅުވީ، ސްރީލަންކާއަށް އެހީތެރިވުމަށް އެކި ގައުމުތަކުން ދެކޮޅު ހަދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ސްރީލަންކާގެ އިގުތިސޯދީ މައްސަލަ ހައްލު ކުރުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލެވިފައިވޭތޯއާއި، ހަރުދަނާ ޕްލޭނެއް އެކުލަވާލެވެންދެން، އެހީ ހޯދުމުގެ މަސައްކަތް ހުއްޓާލުމަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެފައިވާ ކަމަށެވެ.

View post on Twitter

އޭނާ އިތުރަށް ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވިދާޅުވެފައިވަނީ ލަންކާއިން ވިއްކަން ބާކީ ހުރި ތަކެތީގެ ލިސްޓެއް ފޮނުވިދާނެ ނަމަ އެކަމާ މެދު ވިސްނަވާނެ ކަމަށެވެ.

މެންބަރު ހަރްޝާގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ، އެ މައްސަލައިގައި ރިޕޯޓުތަކަކީ ސައްހަ ނޫން ރިޕޯޓްތަކެއް ކަމަށެވެ. އަދި ސްރީލަންކާއަށް އެހީވުމަށް ގިނަ ޤައުމުތަކަކުން ތައްޔާރަށް ތިބިކަމަށާއި، މި އެހީތައް ވެސް ލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ