logoEN
cocacola
ގއ.ވިލިނގިލި ފުޓްސެލް ދަނޑުގައި ރޯކޮށްލައިފި

ގއ.ވިލިނގިލި ފުޓްސެލް ދަނޑުގައި ރޯކޮށްލައިފި

BECB9871-D602-4E60-9C5F-8628CAFC9681

ގއ ވިލިނގިލި ފުޓްސެލް ދަނޑުގައި ބަޔަކު ރޯކޮށްލައިފި އެވެ.

ގޮސިޔާ

"ގާފު" އަށް މައުލޫމާތު ދެއްވަމުން އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ފުޓްސަލް ދަނޑުަގައި ރޯކޮށްފައިވަނީ މިރޭ 19:30 ކަން ހާއިރު އެވެ. އަދި އެސަރަހަދުގައި ޕެޓްރޯލު ވަސް ހުރިކަމަށް ވެސް ގާފަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައިއެވެ.

މި އަލިފާންގަނޑު ނިންވާލައިފައިވަނީ އެސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވި އާންމު ރައްޔިތުންތަކެއްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި މި ދަނޑުގެ ބޮޑު ބަޔެއް އަނދައި ގެއްލުންވެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

undefined

މި ދަނޑަކީ މެޓު ފުޓްސެލް ދަނޑެކެވެ. މިއީ ރައީސް ޔާމީންގެ ސަރުކާރުގައި ފުރަތަމަ އެޅުނު ފުޓްސެލް މެޓު ދަނޑުގެ ތެރެއިން ދަނޑެކެވެ. އަދި ގއ ވިލިނގިލީގައި މިވަގުތު ފުޓްސެލްވެސް އަދި ފުޓްބޯޅަވެސް ކުޅޭ ހަމައެކަނި ދަނޑުކަންވެސް ފާހަގަކޮށްލެވެއެވެ.

މި ދަނޑުގައި ރޯކޮށްފައި ވަނީ އެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ގެ ހިތްހަމަ ނުޖެހުން ޔޫތު މިނިސްޓްރީއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައިއެވެ. އެގޮތުން މީގެ 3 ދުވަސް ކުރިން ފުއާދު ގެ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ 2020 ވަނަ އަހަރު ނިމުމުގެ ކުރިން ޓާރފް އަށް ބަދަލު ކުރަން މިނިސްޓަރ މަހުލޫފް ވައުދުވެ ވަޑައިގަތް ކަމަށާއި އަދި އެ މަސައްކަތް ކުރުމަށް އެގްރީމެންޓްގައި ސޮއި ކުރިކަމަށެވެ.

undefined

މީގެ އިތުރުން، ވާ ވައުދަކީ ސަޅި ސްޓޭޓަސް އެއް ޖަހަން ވާ ވައުދަކަށް ނުހެއްދުމަށް އެ ޕޯސްގައި ފުއާދު އިލްތިމާސް ކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ