"ވަގުތު" ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް

ވަގުތު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދެމުންދާތީ، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.
"ވަގުތު" ނޫހުގެ ނޫސްވެރިންނަށް އިންޒާރުދެމުން އަންނަނީ "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ – ފިތްކަނޑައިގެންދާހާ ވަރުގަދަ!" ގެ ނަމުގައި އެ ނޫހުން ޝާއިއު ކުރި ލިޔުމަކާއި ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކަންބޮޑުވުންތަށް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވާކަމަށް އެ ކައުންސިލުން ބުނެއެވެ. މައްސަލަ ހިނގާފައިވާގޮތް ބަލައި ތަޙުޤީގުކޮށް، ކަމުގެ ޙަޤީގަތް ހާމަކުރުމަށް އަޅަންޖެހޭ ފިޔަވަތައް އަޅައިދިނުމަށް ފުލުހުންނަށް ކައުންސިލުންވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއެމްސީގެ ބަޔާނުގައި ބުނެފައިވަނީ، މިނިވަންކަމާއިއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުން ކަށަވަރުކޮށްދޭ އަސާސީ ހައްގެއްކަމަށެވެ.

އަދި މި މައްސަލަ ބަލައި ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ އެދިފައެވެ. އެ ޖަމިއްޔާއިން ވަނީ މި މައްސަލަ ކުށްވެރިކޮށް، މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލާފަ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް