ހަމަ އަސްލަށްވެސް ޖެކް މާ ގެއްލުނީތަ؟

ޗައިނާގެ ބިލިއަނަރު ޖެކް މާ ގެއްލިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު އަދިވެސް ޖެކް މާގެ އެއްވެސް ޚަބަރެއް ނުވެއެވެ.

ޖެކް މާ ނުފެނި އެއްވެސް ޚަބަރެއް ނުވާތާ މިހާރު ދެމަސް ދުވަސް ވެފައިވާއިރު ޖެކް މާ ވަނީ ޗައިނާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޗައިނާގައި އެގައުމުގެ ކޮމިއުނިސްޓު ސަރުކާރަށް ފާޑުކިޔުމަކީ ކުށްވެރިވާ ކަމެކެވެ.

ބައެއް މީހުން އަންނަނީ ވަރަށް ބޮޑަށް ޗައިނާ ސަރުކާރަށް ފާޑުކިޔައި އޭނާ ވީތަނެއް ހާމަކުރުމަށް އެދެމުންނެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ޖެކް މާ ދެއްވި ތަގުރީރެއްގައި ނުސީދާ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަކީ "ކުޑަކުއްޖެއް" ކަމަށާއި އޭނާގެ "ހިސާބުތައް ދިމާނުވާ" ކަމަށް ބުނެފައި ވެއެވެ. އަދި މީގެ ރައްދެއްގެ ގޮތުގައި ޗައިނާގެ ރައީސް ވަނީ ޖެކްމާ އަކީ "ފިނޑިއެއް" ކަމަށް ބުނެފަ އެވެ.

ޖެކް މާއަކީ އަލީބާބާ އާއި އަލީ އެކްސްޕްރެސްގެ ވެސް ވެރިފަރާތެވެ. އަދި އޭނާގެ ރައުސްމާލުގައި 2020 ވަނަ އަހަރުގެ ނިޔަލަށް 48.2 ބިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް