ކާޑެއްދޫ އެފްސީގެ މޮޅާއިއެކު ގްރޫޕް އޭގެ މެޗުތަށް ނިންމާލައިފި

ހަވަރު ޔޫތް ކަޕް 2020 ގެ ތެރެއިން - ގާފު ފޮޓޯ : ޝުއާއު ހަނީފް

ހަވަރު ޔޫތްކަޕްގެ ގްރޫޕް A ގެ ފަހުމެޗުން ކާޑެއްދޫ އެފްސީއަށް ލިބުނު މޮޅާއިއެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ, ކާޑެއްދޫ އެެފްސީއިން ގްރޫޕްގެ އެއްވަނައިގައި އޮވެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ކާޑެއްދޫ އެެފްސީ އަދި ޑީއެފްސީ ބައްދަލުކުރި މެެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ކާޑެއްދޫ ކުރީގައި އޮވެގެންނެެވެ. އެގޮތުން މެެޗުގެ ފުރަތަމަ ހާފް ނިމިގެެން ދިޔައީ އެއްވެސް ޓީމަކަށް ލީޑެއް ނުނެެގިއެވެެ. ނަމަވެސް މެޗުގައި ބޯޅަ ހިފަހަށްޓައިގެން ފުރުސަތުތަށް ތަނަވަސްކޮށް ނުރައްކާކުރީވެެސް ކާޑެއްދޫ އެފްސީއިންނެވ . ނަމަވެސް ޑީއެެފްސީ ގެ ޑިފެެންސް ކުޅުންތެރިން ވަނީ ހިތްވަރާއި އެކު ކާޑެއްދޫއެެފްސީ އުފެއްދި ނުރެއްކާތެރި ބޯޅަތަށް ފުރަތަމަ ހާފުގައި ދިފާއު ކޮށްފައެވެ.

ދެެވަނަ ހާފު ފަށައިގެން ދެޓީމުންވެސް އައީ ހަމަހަމަ ކުޅުމެއް ކުޅެމުންނެވެ. ނަމަވެސް ފުރަތަމަ ހާފުއެކޭ އެެގޮތަށް ކާޑެއްދޫ އެފްސީއުން ދިޔައީ އިދިކޮޅު ގޯލަށް ނުރައްކާކުރަމުންނެވެެ. ޑީއެފްސީ ގެެ  ޑިފެންސް އަދި މެދުތެރެއިން ހެދުނު މަދު ގޯސްތަކެއްގެެެ ސަބަބުން މެޗުގެ އޮއިވަރު ބަދަލުވިއެވެ. ނަތީޖާއެއްގެ ގޮތުން ދެެވަނަ ހާފުގެ ހަތްދިހަތިންވަނަ މިނެެޓުގައި އާދަމް ލަރީފް އޭރިއާ އެެތެރެއިން ފޮނުވާލި ބޯޅަ ޑީއެފްސީގެ ޑިފެންޑަރެއްގެ އަތުން ބައިކޮޅަށް ގޯލުގެ ތެރެއަށް ވަނުމާއިއެކު މެެޗުގެެ ނަތީޖާ 1-0 ބަދަލުވިއެެވެ. އަދި މެެެޗު ނިމެން އުޅެނިކޮށް މިޑްފިލްޑާރ ނާއިފް ޝަފީގް ވަނީ ދެެ ކުޅުންތެރިން ނަށްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ހިތްގައިމު ގޯލެއް ޖަހާފައެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި ތިންވަނަ ގޯލެވެ. މުބާރާތުގެ އެންމެެ ގިނަ ގޯލުވެސް ކާމިޔާބުކޮށްފައި ވަނީ ހަމަ ކާޑެއްދޫ އެެފްސީގެ ކުޅުންތެރިޔެކެވެެ. އެއީ އެޓީމުގެ ތަރި ޖާޒީ ނަންބަރު 9 އާދަމް ލަރީފްއެވެެ. އޭނާގެ ފަހަތުން ދެވަނައިގައި އުޅެނީ އެޓީމުގެެ ޖާޒީ ނަންބަރު 10 ޒަމްއަތު މުހައްމަދު ވަހީދް އެވެެ.

ގްރޫޕް އޭގެ ސެމީފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައިވަނީ ހޯނޑެއްދޫ އެފްސީއިންނެވެ. އަދި ގްރޫޕް ބީ އިން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރެވުނީ އެންމެ ޓީމަކަށެވެ. އެއީ ގދ ގައްދޫއަށް ނިސްބަތްވާ ޓީމެއް ކަމުގައިވާ ފީނިކްސް އެފްސީއެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދކާޑެއްދޫ ، ގދހޯޯނޑެއްދޫ ، ގދމަޑަވެލި އަދި ގދގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެމި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖް އުސޫލުންނެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެެހިފައެވެ. 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް