logoEN
ޕީއެންސީ 2
މިއަހަރުގެ ހަވަރު ވުމެންސް ހޭޑްބޯލް މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލަނީ

މިއަހަރުގެ ހަވަރު ވުމެންސް ހޭޑްބޯލް މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލަނީ

އަހުމަދު ޝުރާއު

logo

1/4/2021, 7:09:00 PM

IMG_8942

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތް ، ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް ރަސްމީކޮޮށް އިއުލާންކޮށްފި އެވެ

ޝަރީ 2024

ހަވަރު ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ބާއްވާ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް މިފަހަރު އިއުލާން ކޮށްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. މިއީ މުޅި ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯލް މުބާރާތެވެ. މިއަހަރުގެ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު ގދ ތިނަދޫ ، އާރުއަވަށު ޓާފް ދަނޑުގައި އެވެ.

މިއަހަރުގެ މުބާރާތަކީ ހަވަރު ވުމެންސް ހޭންޑްބޯޅަ ޓޯނެމެންޓުގެ 3 ވަނަ މުބާރާތެވެ. އަދި މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޓީމްތަށް ބައިވެރިވެވޭނެ ކަމަށް ހަވަރު ސްޕޯޓްސްއިން ވަނީ މައުލޫމާތު ދީފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއިން ފަށައިގެން މި މިމަހުގެ 31 ގެ ނިޔަލަށް ވަނީ ހުޅުވާލުމަށް ނިންމާފައެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެކުރިން މި މުބާރާތުގައި ބައިވެރިވެފައިވަނީ ތިނަދޫގެ ޓީމުތަކުންނެވެ. އެހެން ނަމަވެސް ނެޝަނަލް ލެވަލްގައި ކުޅޭ ގިނަ ކުޅިންތެރިންވަނީ މި މުބާރާތުގައި އެކި ޓީމުތަކަށް ކުޅެފައެވެ. މި މުބާރާތް އެންމެ ފަހުން ބާއްވައިފައިވަނީ 2019 ވަނަ އަހަރުގައި އެވެ. އެއަހަރުގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ޓީމް ލަމްބާޑާ އިންނެވެ. އަދި ރަނަރަޕްކަން ހޯދާފައިވަނީ އަކުއާޕްރެޑައިސް ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ