logoEN
cocacola
ލޯކަލް ކައުންސިލް އިންތިހާބު އަނެއްކާވެސް ފަސްކުރަން ޖެހިއްޖެ

ލޯކަލް ކައުންސިލް އިންތިހާބު އަނެއްކާވެސް ފަސްކުރަން ޖެހިއްޖެ

އަހުމަދު ޝުރާއު

logo

1/4/2021, 4:38:35 PM

403ECE6B-07EE-471D-9099-3F429247B534

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ 3 އަކަށް ދިގުދައްމާލުމުން ލޯކަލް ކައުންސިލް އިންތިހާބު މާޗު މަހުގައި ނުބޭއްވޭނެކަން ޔަގީން ވެއްޖެ އެވެ.

ގޮސިޔާ

ކޮވިޑް-19 ފެތުރޭތީ އިންތިޚާބު ފަސްކޮށް މިދިޔަ އަހަރު ފާސްކުރި ޚާއްސަ ގާނޫނުގައި ބުނެފައިވާ ގޮތުން ނަމަ އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ރަސްމީކޮށް ފެށޭނީ ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. އަދި ހަމައެއާއި އެކު އެގާނޫނުގައި ބުނެފައިވާ ގޮތުގައި އެ ގާނޫނަށް އަމަލުކުރަން ފަށާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ އެެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް މިއަދު ބައެއް މީޑީއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި އަންނަ ބުދަ ދުވަހު ބާއްވާ ކޮމިޝަންގެ ބައްދަލުވުމުގައި އިންތިޚާބާ ގުޅޭ ކަންކަމުގައި ގޮތެއް ނިންމާނެ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް މިއަދު މެންދުރު ނެރުއްވި ޤަރާރުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، މާޗް މަހުން ފެށިގެން އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ވީގެ ކުރިން ބުނަމުން އައީ 5 ޖެނުއަރީގެ ކުރިން ސިއްހީ ކުއްލި ހާލަތު އުވާނުލައިފި ނަމަ މާޗު މަހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އެއީ، ކެމްޕޭންކުރުމާއި ވޯޓާށް ލިސްޓު އިއުލާންކޮށް ޝަކުވާ ހުށަހެޅުމާއި އިންތިޚާބުގެ އެހެން ގާނޫނީ ތަރުތީބުތަކަށް ވަގުތު ބޭނުންވާނެތީ އެވެ.

އިންތިހާބު ލަސްވަމުންދާނީ އިދިކޮޅު ކޯލިޝަނުން އަންނަނީ ވަރަށް ބޮޑަން ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެޗްޕީއޭއިން އިންތިހާބު ފަސްކުރުމަށް ޖައްސަމުން އަންނަ ޑްރާމާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ