logoEN
cocacola
ފީނިކްސް ބަލިކޮށް މަޑަވެލި އެފްސީއިން ސެމީއާއި ގާތަށް

ފީނިކްސް ބަލިކޮށް މަޑަވެލި އެފްސީއިން ސެމީއާއި ގާތަށް

DSC_0623

ހަވަރު ޔޫތުކަޕް 2020 އެފްސީ ފީނިކްސް ބަލިކޮށް މަޑަވެލި އެފްސީއިން ސެމީއާއި ގާތަށް ޖެހިލައިފިއެވެ.

ގޮސިޔާ

އިއްޔެ ހަވީރު ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗް ނިމިގެން ދިޔައީ 0-1 ގެ ތަފާތުން މަޑަވެލި އެފްސީ ކުރީގައި އޮވެގެންނެވެ. މެޗު ފަށައިގެން ދެޓީމުންވެސް ދިޔައީ ލިބެމުންދިޔަ ފުރުސަތްތަކުގެ ބޭނުން ހިފައި އިދިކޮޅު ގޯލަށް ނުރައްކާކުރަމުންނެވެ. ނަތީޖާއަކަށް ވީ ފުރަތަމަ ހާފްގެ އެގާރަވަނަ މިނެޓުގައި މަޑަވެލި އެފްސީ އިން ޖެހި ގޯލެއެވެ. މި ގޯލާއިއެކު ފީނިކްސް އިން ވަނީ ކުޅުން ރަނގަޅުކޮށް ފުރުސަތުތަށް ތަނަވަސްކުރަމުންނެވެއެވެ. ނަމަވެސް މަޑަވެލި އެފްސީ ޑިފެންސް ކުޅުންތެރިންގެ ހުށިޔާރުކަން މާބޮޑެވެއެވެ.

މިމެޗާއިއެކު ގުރޫޕް ބީ ގެ އެއްވަނަ މަގާމް އަދިވެސް ލިބެނީ ގައްދޫ ގެ އެފްސީ ފީނިކްސް އަށެވެ. އަދި ދެވަނަ މަގާމް ލިބެނީ އެފްސީ ނޮދާންސޓާރ އަށެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ތިންވަނައިގައި އޮތީ މަޑަވެލި އެފްސީ އެވެ. އަދި ކުޅުނު ދެމެޗުން ލިބުނު ދެޕޮއިންޓާއި އެކު ހަތަރުވަނައިގައި އޮތީ އެފްސީ ނޯޗޮއިސްއެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖްއުސޫލުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ