logoEN
cocacola
ރެޑްބުލް އެމް.އީ.އޯ ސީޒަން ތިނެއްގެ ރާއްޖޭގެ ކޮލިފިކޭޝަންގެ ޗެމްޕިއަންކަން OPMFxVENOM އަށް!

ރެޑްބުލް އެމް.އީ.އޯ ސީޒަން ތިނެއްގެ ރާއްޖޭގެ ކޮލިފިކޭޝަންގެ ޗެމްޕިއަންކަން OPMFxVENOM އަށް!

IMG_8437

ރެޑްބުލް އެމް.އީ.އޯ ސީޒަން ތިނެއްގެ ރާއްޖޭގެ ކޮލިފިކޭޝަންގެ ޗެމްޕިއަންކަން OPMFxVENOM ހޯދައިފިއެވެ. މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި OPMFxVENOM ޗެމްޕިއަންކަން ހޯދާފައިވަނީ 3 މެޗުން މޮޅުވެ، 56 ކިލްއާ އެކު 139 ޕޮއިންޓު ހޯދައިގެންނެވެ.

ގޮސިޔާ

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗުން ދެވަނަ ހޯދައި ރަނަރަޕްކަން ހޯދާފައިވަނީ OPMFesT2K އެވެ. އެމީހުން ރަނަޕްކަން ހޯދާފައިވަނީ 2 މެޗުން މޮޅުވެ، 58 ކިލްއާ އެއްކޮށް 102 ޕޮއިންޓު ހޯދައިގެންނެވެ. އަދި ތިންވަނަ ހޯދި RGC DENO އަށް ލިބިފައިވަނީ 33 ކިލްއާ އެއްކޮށް 99 ޕޮއިންޓެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އީޓޫއެސް ގޭމިންގް އަދި މޯލްޑިވްސް އީސްޕޯޓިންގް އެސޯސިއޭޝަންގެ ފަރާތުން ހުށަހަޅާފައިވާ 15،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ތުރުކީގެ އިސްތަންބުލްގައި އޮންނަ ވޯލްޑް ފައިނަލްސް ގައި ވާދަކުރުމަށް ތުރުކީއަށް ދިއުމަށް ރެޑްބުލްއިން ހުށަހަޅާފައިވާ ޓިކެޓު ލިބިގެންދިޔައެވެ. އަދި ދެވަނައަށް ދިޔަ ޓީމަށް 7،000 ރުފިޔާ ލިބުނުއިރު ތިންވަނައަށް ދިޔަ ޓީމަށް ލިބިފައިވަނީ 3،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

900 އަށްވުރު ގިނަ ކުޅުންތެރިންނާއެކު ކުރިއަށްދިޔަ މި ކާމިޔާބު މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްބުލްއެވެ. ޑިޖިޓަލް ޕާރޓްނަރަކީ އުރީދޫއެވެ. އަދި މި މުބާރާތުގެ މީޑިޔާ ޕާރޓްނަރަކީ ގާފު އޮންލައިނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ