ރާއްޖެއިން އިތުރު 25 މީހުން ބަލިން ފަސޭހަ ވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން އިއްޔެ އިތުރު 25 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ. އަލްޙަމްދުލިﷲ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު އިއްޔެ ރާއްޖެއިން ވަނީ 33 މީހަކު ކޮވިޑަށް ފައްސި ވެފައެވެ. އެއީ މާލެއިން 24 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން ހަ މީހަކާއި އަތޮޅުތެރެއިން އެކަކާއި ބޭރުގައި ދިރިއުޅޭ އެކަކާއި އިންޑަސްޓްރިއަލް ރަށްތަކުން އެކަކެވެ.

މިހާތަނަށް ރާއްޖެއިން މިބައްޔަށް ޖުމްލަ 13،867 މީހުން ފައްސި ވެފައިވާއިރު 13،191 މީހުން ވަނީ މި ބަލިން ފަސޭހަވެފައެވެ. އަދި މިބަލީގައި ރާއްޖެއިން ވަނީ 48 މީހަކު ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވަމުން އަންނަ މީހުންގެ އަދަދަށް ބަލާއިރު، އެއަދަދު ވަރަށް ދަށްވުމަށްފަހު، ދާދި ފަހުން ޝީ ބިލްޑިންގ ގައި ބޭއްވި ކައިވެނި ޕާޓީ އަކަށްފަހު އެއަދަދު ވަނީ އިތުރުވާން ފަށާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް