މީސްމީޑިއާގެ ސަބަބުން އަންހެނުން ވަރަށް ބޮޑަށް ސްޓްރެސްވޭ!

މި ޒަމާނުގައި މީސް މީޑިއާ އާއި ނުލައި އުޅެނީ ހިތްވަރުގަދަ، މަދު ބައެކެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް މީސްމީޑިއާގެ ބޭނުން ހިފަން ޖެހޭ ހާލަތުގައި ދުނިޔެ އޮތް އިރު ދާދި ފަހުން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި މީސް މީޑިއާގެ ސަބަބުން އަންހެނުން ސްޓްރެސް ވާލެއް ބޮޑުވެފައި، ސިކުނޑިއަށް ނޭދެވޭ އަސަރު ކުރާލެއް ބޮޑެވެ.

785،000 އަންހެނުން ބޭނުން ކޮށްގެން ހެދި މި ދިރާސާ އިން ދައްކާ ގޮތުން މީސް މީޑިއާގެ ސަބަބުން ސްޓްރެސް ވުމާއި އެނޫންވެސް ސައިކޮލޮޖިކަލް މައްސަލަތައް ޖެހި، ސިކުނޑީގެ ހަމަޖެހުންވެސް ގެއްލެއެވެ.

އިނގިރޭސިވިލާތުގައި ހެދި މި ދިރާސާއިން ދައްކާ ގޮތުގައި ކަން ގިނައިން ވަނީ ފުރާވަރުގެ އަންހެން ކުދިންނަށް ކަމުގައި ވާއިރު، ކަސްރަތު ނުކޮށް، ހަމަ ނިދި ނުލިބުމަކީ މިކަމުގެ ފަހަތުގައިވާ ކަންތަކެވެ. އަދި ސައިބާ ބުލީން އާއި އަންހެނުން ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުން ލިބެން އުއްމީދު ކުރާ ވަރަށް ވުރެން މަދުން ލައިކް ލިބުމަކީވެސް އެކަމުގެ ސަބަބެކެވެ.

މިހާރަކަށް އައިސް ކުޑަ ކުދިންވެސް ވަރަށް ހަނގު އުމުރަކުން ފަށައިގެން މީސް މީޑިއާ ބޭނުން ކުރަމުން އަންނަ އިރު، މިއީ ބެލެނިވެރިން ސަމާލުވެ، ވިސްނަން ޖެހޭ ކަންތައް ތަކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް