logoEN
Sto top
ފައިރޫޝް ރިޓަޔާ ކުރައްވަން އަދިި އަވަސް: ރައީސް

ފައިރޫޝް ރިޓަޔާ ކުރައްވަން އަދިި އަވަސް: ރައީސް

އަޙްމަދު ޖަމީލު

logo

1/3/2021, 4:21:16 PM

raes-e1609665926813

ފުލުހުންގެ ވަޒީފާގައި20 އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔާ ކުރެއްވި ޑރ.އަބްދުﷲ ފައިރޫޝްގެ މަޤާމުން ރިޓަޔާ ކުރައްވަން އަދި މާ އަވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Wamco

"އަވަސް" އޮންލައިންގައި ބުނެފައިވަނީ ރައީސް ޞާލިހު ފުލުހުންގެ އިދާރާއަށް ވަޑައިގެން ފައިރޫޝްއާއި ވާހަކަ ދެއްކެވި ކަމަށެވެ. އެ ބައްދަލު ކުރެއްވުމުގައި ފައިރޫޝްގެ ހިދުމަތް ތައުރީފު ކުރައްވާ ރައީސް ޝުކުރު އަދާ ކުރައްވާފައިވާ ކަމަށެވެ.

ރައީސް ޞާލިހު ފުލުހުންގެ ޚިދުމަތުގައި އަދިވެސް ފައިރޫޝްގެ ޚިދުމަތަށް އެދިވަޑައިގަންނަވާއިރު، އޭނާ މަޤާމުން ރިޓަޔާ ކުރެއްވުމުން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި، ޚުދު ރައީސް ނަޝީދު ގެންދަނަވަނީ ފައިރޫޝްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭނާއަކީ ބާޣާވާތުގައި ބެރިވެރިވި މީހެއް ކަމަށާއި، އޭނާގެ މައްސަލަތައް ބެލެންޖެހޭކަމަށް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.

ފައިރޫޝްވަނީ 2017 ވަނަ އަހަރު ސޯޝަލް މީޑިއާގައި ސަރުކާރާއި ފުލުހުންނާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވަރެއް އުފެދޭ ވާހަކަ ދައްކާ ކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް 2018 ވަނަ ވަނަ އަހަރު ސިވިލްކޯޓުންވަނީ ފައިރޫޝް މަޤާމުން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލަފަށްކަމަށް ކަނޑައަޅައި އަލުން ވަޒީފާދޭން ހުކުމްކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside