logoEN
cocacola
ހުވަދުއަތޮޅުގެ ރަށްތަކަށް ކާގޯ ފެރީގެ ހިދުމަތް ފަށަން ތައްޔާރުވަނީ

ހުވަދުއަތޮޅުގެ ރަށްތަކަށް ކާގޯ ފެރީގެ ހިދުމަތް ފަށަން ތައްޔާރުވަނީ

Admin

logo

1/3/2021, 11:12:48 AM

thi

ހުވަދުއަތޮޅު ދެކުނުބުރީ އަދި ހުވަދުއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކާގޯ ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

ގޮސިޔާ

ގދ ތިނަދޫ ކައުންސިލުން ގެޒެޓްކުރި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި އެއިދާރާއަށް ހުވަދުއަތޮޅު ދެކުނުބުރީ އަދި ހުވަދުއަތޮޅު އުތުރުބުރީގެ ރައްތަކަށް ކާގޯގެ ހިދުމަތް ފޯރުކޮށްދިނުމަށް ފެރީއެއް ހޯދައިދޭނެ ފަރާތެއް ހޯދަން ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް 06 ޖަނަވަރީ ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތަށް އަންދާސީ ޙިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 13 ޖަނަވަރީގައި އެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ ތިނަދޫ ކައުންސިލް އިދާރާއަށެވެ.

ހުވަދު އަތޮޅުގައި ފެށުމަށް ތައްޔާރުވަމުން އަންނަ އަތޮޅު ކާގޯ ފެރީގެ ހިދުމަތަކީ މުޅި ރާއްޖޭގައި ވެސް ފުރަތަމަ ފަހަރަށް ފަަށާ އަތޮޅު ކާގޯ ފެރީގެ ހިދުމަތެވެ. މި ހިދުމަތާއި އެކު ހުވަދު އަތޮޅުގެ ރަށްތަކަށް ކާގޯ ފޮނުވުން އެއްވިއުގައަކުން ގުޅާލެވިގެން ދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ