މަޑަވެލި ކުޑަކުދިންގެ ޕާކުގައި ކުޅޭތަކެތި އަތުރާނެ ފަރާތެއް ހޯދަނީ

ގދ މަޑަވެލީގެ ކުޑަކުދިންގެ ޕާކުގައި ކުޅިވަރުކުޅުމަށް ބޭނުންކުރާ ތަކެތި ބަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

އިންޑިއާއިން ހަދިޔާކުރި މި ތަކެތި މިހާރު ވަނީ މަޑަވެއްޔަށް ގެެނެވިފައެވެ. އަދި މި ތަކެތި ކައުންސިލް އިދާރާއިން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މަޑަވެލި ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 04 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގައި މަޑަވެލި ކައުންސިލްގެ މީޓިންގ ރޫމުގައި އެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 10 ޖެނުއަރީ 2021 ވަނަ ދުވަހުގެ މެންދުރު 11:00 ގައި އެވެ.

އިންޑިއާއިން ވަނީ ރާއްޖޭގެ 61 ރަށުގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމަށް ތަކެތި ހަދިޔާކޮށްފައެވެ. ޕާކުތަށް އެޅުމަށް އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ސާމާނުގެެ އަގު 6.7 މިލިއަން ރުފިޔާއަށް އަރައެވެ.

ހުވަދު އަތޮޅުގައި ޕާކު އަޅަން ހަމަޖެހިފައިވާ ރަށްތަށް ވަނީ އިއުލާން ކޮށްފައެވެ. އެެގޮތުން ހުވަދުއަތޮޅުގައި ޕާކު އަޅަން ހަމަޖެެހިފައިވާ ރަށްތަކަކީ ގދ މަޑަވެެލި ، ގދ ފިޔޯރީ އަދި ގދ ގައްދޫ އެވެެ. އަދި ގއ އަތޮޅުން ގއ ކޮލަމާފުށި ، ގއ ދާންދޫ ، ގއ މާމެެންދޫ  ، ގއ ގެމަނަފުށި އަދި ގއ ދެއްވަދޫ ހިމެނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް