logoEN
ކޮކާކޯލާ
އާންމުކޮށް ކޮފީ ބޯ މީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރު، ނުބޯ މީހުންނާއި އަޅާބަލާއިރު ކުޑަވޭ - ދިރާސާ

އާންމުކޮށް ކޮފީ ބޯ މީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރު، ނުބޯ މީހުންނާއި އަޅާބަލާއިރު ކުޑަވޭ - ދިރާސާ

އައިޝަތު އިފާޝާ

logo

6/2/2022, 9:00:03 AM

# ކޮފީ

3yMXn02OI615o02qmfLaZ3WyIE2iXSbRNv

ކޮފީއަކީ އާންމު ދިރިއުޅުމުގައި ގިނަ މީހުން އެމީހުންގެ ދުވަސް ފެށުމަށް ބުއިމަށް ބޭނުންކުރާ ބުއިމެކެވެ. އެގޮތުން ކެފެއިން އިންފިއުސްޑް ކޮފީ ބުއިމަކީ ހެނދުނު ހޭލާ ގޮތަށް އާންމުކޮށް އެންމެންވެސް ކުރާ ކަމެކެވެ. އެއީ ދުވަހުގެ ފެށުން ކޮފީއަކުން ފެށުމަކީ މަސައްކަތުގެ މާހައުލުގައި ވަރުބަލިކަން އިހްސާސްވާ މިންވަރު ކުޑަވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

އަބުޅޯ

"އެނެލްސް އޮފް އިންޓާނަލް މެޑިސިން" ޖާނަލްގައި ޝާއިއުކޮށްފައިވާ އާ ދިރާސާއެއްގައި ބުނާ ގޮތުން، ކޮފީ ފޮނިކޮށް ނުވަތަ ފޮނި ނުކޮށް ބުއިމަކީ، ކޮފީ ނުބުއިމާ އަޅާބަލާއިރު މަރުގެ ނުރައްކާ ކުޑަވުމާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ދިރާސާކުރާ ފަރާތްތަކުން ވަނީ އިނގިރޭސިވިލާތުގައި އަހަރެއްގެ ތެރޭގައި 171،616 ބައިވެރިން އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭ ގޮތުން ފަސް ފަހަރެއްގެ މަތިން ސާވޭކޮށް، އޭގެ ތެރޭގައި ކޮފީ ބުއިމުގެ އާދަތައް ވެސް ހިމެނޭ މީހުންވެސް އޭގެ ތެރޭގައި ހިމަނާފައެވެ. އެއަށްފަހު ސައިންސްވެރިން ވަނީ ސަރވޭ ކުރި މީހުންގެ ތެރެއިން ހަތްއަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެވްރެޖްކޮށް މަރުވެފައިވަނީ ދިރިއުޅުމުގެ ވައްތަފާޅި ކޮންގޮތަކަށް ބައްޓަން ކޮށްފައިވާ މީހުންތޯ ބަލާފައެވެ.

އެގޮތުން، މަރުވެފައިވާ ބައިވެރިންގެ އުމުރަކީ 37 އަހަރާއި 73 އަހަރާ ދެމެދު ކަމަށާއި ސާވޭ ކުރިއަށް ގެންދިޔައިރު އެމީހުންގެ ހިތުގެ އެއްވެސް ބައްޔެއް ނުވަތަ ކެންސަރުގެ އަލާމާތެއް ނެތްކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.

ދިރާސާއިން ދެއްކި ގޮތުގައި ދުވާލަކު 1.5 އާއި 3.5 ތަށި ކޮފީގެ ގޮތުގައި ކަނޑައަޅާފައިވާ އާދައިގެ މިންވަރަކަށް ކޮފީ ބޯ މީހުންނަށް، ކޮފީ ނުބޯ މީހުންނާ އަޅާބަލާއިރު، މަރުގެ ނުރައްކާ ގާތްގަނޑަކަށް 30 ޕަސެންޓް ކުޑަ ކަމަށް ހާވާޑް މެޑިކަލް ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސާ އޮފް މެޑިސިން ޑރ ކްރިސްޓީނާ ވީ ބުނެފައިވެއެވެ. އަދި ކޮފީ ނުބޯ މީހުންނާ އަޅާބަލާއިރު، ފޮނި ނުކޮށް ކޮފީ ބޯ މީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރު 16 ޕަސެންޓާއި 29 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށް ކަމަށް ވެސް ކްރިސްޓީނާ ބުންޏެވެ.

މި ހޯދުންތައް ސޯޝިއޯޑިމޮގްރަފިކް، ލައިފްސްޓައިލް އަދި ކްލިނިކަލް ފެކްޓާތަކަށް އެޑްޖަސްޓްކޮށް، އޭގެ ސަބަބުން ނަތީޖާއަށް ކުރާ އަސަރު ތައް ނައްތާލަ އެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރާއި، ޖިސްމާނީ ހަރަކާތްތައް ހުރި މިންވަރާއި، ތައުލީމީ ފެންވަރު އަދި ކެއިންބުއިމުގެ އާދަކާދަތަކާ ބެހޭ ގޮތުން ދިރާސާ ޓީމުން ސުވާލު ކުރި ކަމަށް ވީ ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ